މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ހަބަރު
24 Apr 2023 | 14:23
ދިފާއީ ބާރުން ނިކުމެ ކަނޑު ވިއްކާލި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ: ސައީދު

ޤައުމީ ދިފާއީ ބާރު ނިކުމެ ދިވެހި މަސްކަނޑު ވިއްކާލި މީހުން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ގޮވާލައްވައިފި އެވެ. 

ފޯޅަވަހީގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ބަހުސްކުރައްވަން ފައްޓަވަމުން ސައީދު ވިދާޅުވީ ފޯޅަވައްސަކީ އެއްވެސް ޒަމާނެއްގައި މޮރިޝަސްއަށް މިލްކުވެރިކަން ލިބިގެންވާ ތަނެއް ނޫން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި އެ ބަހުސް ކުރިއަށް ދާއިރު، ފޯޅަވައްސާއި ގުޅިގެން ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް މި ސަރުކާރުން ބަދަލުކުރި ކުރުން ދިފާއުކުރައްވާ އެމްޑީޕީގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ސައީދު ވަނީ ރައްދުދެއްވާފަ އެވެ. 

އޭނާ ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރި ކުރުން ދިފާއުކުރައްވާ ވާހަކަދައްކަވާ ބައެއް މެމްބަރުން، އެ ވާހަކަތައް ދައްކަވަމުންދަނީ ސަރުކާރުގެ ނުފޫޒު އެބޭފުޅުންގެ މައްޗަށް އޮތުމުން ކަމަށެވެ. މިނިވަން ބަހުސަކަށް މަޖިލީހުގައި ފުރުސަތު ލިބިއްޖެ ނަމަ ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ރަނގަޅަށްކަމަށް އެއްވެސް މެމްބަރު ވިދާޅު ނުވާނެކަން ސައީދު ފާހަގަކުރެއްވި އެވެ. 

އެއާއެކު ސައީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދު ވިއްކާލީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނިކަމަށް ދެންނެވެން ނެތް ކަމަށެވެ. ފެންނަން އޮތީ ރައީސް ޞާލިހަށް ދައުލަތުގެ ހުރިހާ ބާރެއް ލިބިލެއްވުމާއި ފޮރިން މިނިސްޓަރު ޝާހިދަށް އދ ގެ ޖެނެރަލް އެސެމްބަލީގެ ގޮނޑި ލިބިވަޑައިގަތުމާއެކު ހަދާފައިވާ ޑީލުތަކެއްކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި ޑީލުގެ ސަބަބުން ދިވެހިންގެ އަތުން މަލިކު ގެއްލިގެން ދިޔަ ގޮތަށް ފޯޅަވަހި ސަރަހައްދު ގެއްލިގެން ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. މިއީ ގައުމީ ދިފާއީ ބާރުން އަމިއްލަ އިސްނެގުމުގައި ބަލާ ތަހުގީގުކުރަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބެއްލެވުމަށް ސައީދު ވަނީ ގޮވާލައްވާފަ އެވެ. 

"ރާއްޖޭގެ ވެރިއަކަށް މި ލިބެނީ، ދިވެހި ސްޓޭޓުގެ ހުރިހާ ބާރެއް. ދަންނަވަން މި އުޅެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަތްޕުޅަށް ހުރިހާ ބާރެއް އައިމަ އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަށް ޔޫއެން ޖެނެރަލް އެސެމްބްލީގެ ޗެއާ ލިބުނު ހިސާބުން ފެށިގެން ކުއްލިއަކަށް މި ޑީލު ފާޅުވެއްޖެ. އަޅުގަނޑު ނެތިން އަބްދުﷲ ޝާހިދޭ 500 މިލިއަން ޑޮލަރު ބޭނުންކުރީ ދަންނަވާކަށް. އެހެން ނަމަވެސް މެމްބަރު އިބްރާހިމް ރަޝީދު އެ ވިދާޅުވާ ވާހަކަފުޅު އެބަޖެހޭ ތަހުގީގުކުރެވެން. ރައީސް ޞާލިހު، ޚާރިޖީ ވަޒީރު، ބަންޑާރަ ނައިބު، އަދި ހަގީގަތުގައި ދިވެހި ދިފާއީ ބާރު މިއަދު މިބޭފުޅުން ޖަވާބުދާރީ ކުރުވަން އެބަޖެހޭ"

މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު 

ސައީދު ވިދާޅުވީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން ސާބިތުކޮށްދެވޭނެ ތާރީހީ ހެކިތައް ފެންނަން އޮތް ކަމަށެވެ. އަދި އެތަން ދިވެހިންގެ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ފުރުސަތު އޮވެމެ އެތަން ރާއްޖޭގެ ބާރުގެ ދަށުން ގެއްލެންދެން ތިބެއްޖެކަމަށް ވާނަމަ އެއީ އަންނަން އޮތް ޖީލުތައް އެކަމުގެ ހިތާމަ ކުރާނެ ކަމެއް ކަމަށެވެ. 

އަދި އެއީއަންނަން އޮތް ޖީލުގެ ކުރިމަތީ އަދުގެ ޖީލު ވަރަށް ބޮޑަށް ދަރަނިވެރިވާނެ ކަމެއްގެ ގޮތުގައި ސައީދުގެ ވާހަކައިގައި ވަނީ ސިފަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ