ޕެޓިޝަންގައި އިމްތިޔާޒް ފަހުމީ ސޮއި ކުރައްވަނީ --
ހަބަރު
27 Apr 2023 | 09:28
އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ފޯޅަވަހި ޕެޓިޝަންގައި ސޮއިކުރަނީ

އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ފޯޅަވަހި ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަންގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާއްމު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ފޯޅަވަހި ސިއްރު ސިޓީ އަދި ސިއްރުޑީލް އަނބުރާ ގެނައުމަށް ގޮވާލާ ފޯރިޔާއެކު ރައްޔިތުން ސޮއި ކުރަމުންދާ ކަމަށެވެ.

ބޮންޑެ ވަނީ، މިއަދު ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހި ޑީލު ހެދި މީހުންގެ ބޯ ކަނޑާލާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް މި ސަރުކާރުން ބަދަލުކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުވި ސިއްރު ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.

އެ މައްސަލައަށް އަލިއަޅުވާލައި މަޖިލީހުގައި ބޮންޑެ ދެއްކެވި ވާހަކަފުޅު ފައްޓަވަމުން ވަނީ ފޯޅަވަހި މައްސަލައިގައި ސްޓޭންޑް ބަދަލުކުރީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މޮރިޝަސްގެ މަސްފެކްޓްރީ ތަކާއެކު 500 މިލިއަން ޑޮލަރުގެ ޑީލެއް ހައްދަވައިގެންކަމަށް ތުހުމަތު ކުރައްވަމުން ނެވެ. އޭނާ ވިދާޅުވީ އަބްދުالله ޝާހިދު އެ ފައިސާ ނަންގަވާފައިވާ ކަމަށެވެ. 

"މޮރިޝަސްއޭ މި ކިޔާ ތަނަކީ ކުރީ ޒަމާނުގައި، މުޙައްމަދު ތަކުރުފާނުގެ ޒަމާނުގައި މީހުން ދިރިއުޅުނު ރަށެއްވެސް ނޫން. ކަލާފަނު ޒަމާނުގައިވެސް ދިރިއުޅުނު ރަށެއް ނޫން. މިތަނަށް ކިޔާއުޅުނީ ދިނާރުބޯ. މިތަނަކީ ދިވެހިން ޒަންޖިބާރަށް ދާ މަގުމަތީގައި ބައެއް ފަހަރު ގަދަވެގެން ޖައްސާ ތަނެއް. ފަޅުރަށެއް. މި ސަރުކާރުން މި އުޅެނީ ފަޅުރަށަކަށް ދިވެހިރާއްޖޭގެ ސަރަހައްދެއް ވިއްކާލަން"

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

އެކަން ފާހަގަކުރައްވާ ބޮންޑެ ވިދާޅުވީ މިއަދު މުޙައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ހައްދަވާނެ ގޮތަކާއި ދޭތެރޭ ވިސްނާވަޑައިގެންނެވޭ ކަމަށެވެ. ނުވަތަ މިއަދު ކަލާފާނު ރަސްގެފާނު ހުންނެވި ހައްދަވާނީ ކިހެނެއްތޯ ހިތްޕުރަށް އަރާވަޑައިގަންނަވާ ކަމަށެވެ. 

އެއާއެކު އޭނާ ވިދާޅުވީ ޔަގީނުންވެސް ފޯޅަވަހި ޑީލު ހެދި ފަރާތްތަކުގެ ބޯ ބުރިކުރާނެ ކަމަށެވެ. ބޮންޑެ އެފަދައިން ވިދާޅުވީ ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލުމަށް ޑިލު ހެދި މީހުންނަށް ހައްޤު އަދަބު ދެއްވާނެކަން ސިފަކޮށްދެއްވުމުގެ ގޮތުންނެވެ. 

"އަޅުގަނޑު ހިތަށް އަރާ މުހައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ކިހެނެއްބާއޭ ހައްދަވާނީ؟ ކަލާފާނު ހުންނެވި ނަމަ ކިހެނެއް ބާއޭ.. އަދި ބޮޑުތަކުރުފާނު އަދި އޭގެ ބޮޑު ރަސްގެފާނު ހުންނެވި ނަމަ ކިހެނެއް ބާ އޭ އިސްކަންދަރު ރަސްގެފާނު ހުންނެވި ހައްދަވާނީ؟ މި މީހުންގެ ބޯ ބުރިކޮށްލިސް. ބޯ ކަނޑާލިސް މި މީހުންގެ. އެވަރުގެ ކަމެއް މި ކުރަނީ. ދިވެހިރާއްޖޭގެ ސަރަހައްދެއް މި ދޫކޮށްލަނީ"

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ފޯޅަވަހި މައްސަލައިގައި ގޮތް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އިން ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އަދި ކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ޑރ މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައަޅާ ބަހުސް ފަށާފައިވާއިރު، ފޯޅަވަހި ޑީލު ހެދި މީހުން ހާޒިރުކޮށް އެމީހުން ޖަވާބުދާރީ ކުރުވުމަށް މައްސަލަ ހުށައެޅުއްވި އާދަމް ޝަރީފު އުމަރު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ