އެމްއޭސީއެލްއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
ހަބަރު
27 Apr 2023 | 11:42
އޯޓިޒަމް އަށް މީހުން ހޭލުންތެރިކުރުވުުމަށް އެމްއޭސީއެލްއިން ހާއްސަ އިވެންޓެއް ބާއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަށް އެއްބާރުލުން ދިނުމުގެ ގޮތުން ހާއްސަ އިވެންޓެއް ބާއްވައިފިއެވެ.

އެގޮތުން ބައިނަލްއަގްވާމީ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ މަހާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓުއާރ އެއް ދަރިވަރުންނަށް ދިނުމުގެ އިތުރުން ފަންޑް ހޯދުމުގެ އިވެންޓެއް އެމްއޭސީއެލްއިން ވަނީ ބާއްވައިފައެވެ.

މިކަމާއި ގުޅިގެން އެކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްއޭސީއެލްގެ ކޯޕަރޭޓް ސޯސަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރ) ގެ ދަށުން ކުރިއަށް ގެންދެވުނު އެއާޕޯޓް ޓުއާރގެ ހަރަކާތުގައި 14 ދަރިވަރުންނާއި 3 ޓީޗަރުން ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން އެއާޕޯޓް ޓުއާރގެ ހަރަކާތުގައި އެއާޕޯޓްގެ ރޭމްޕް އޮޕަރޭޝަންތަކާއި ފްލައިޓް ހޭންޑްލިންގް ބަލައިލުމަށް ދަރިވަރުންނަށް ފުރުސަު ލިބުމުން ތިބީ ވަރަށް އުފާވެފައިވެފައި ކަމަށް އެމްއޭސީއެލްއިންވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ދަރިވަރުންނަށް އެއާޕޯޓްގެ އެމަޖެންސީ ޚިދުމަތްތައް ބަލައިލުމަށް ދިން ފުރުސަތުގެ ތެރެއިން ފަޔަރ އެންޑް ރެސްކިއު ޓީމާއިއެކު އަލިފާން ނިއްވާ އުޅަނދުތައް ބަލައިލުމުގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ޔުނިފޯމް ލައިގެން އުޅަނދުތަކަށް އެރުމުގެ ފުރުސަތުވެސް ދެވިފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެެވެ.

މި ޓުއާރ ނިންމާލައިފައިވަނީ އެއާޕޯޓްގެ ރިކްރިއެޝަން ސެންޓަރުގައި އޮތް ކުޑަ އިވެންޓް އަކާއިއެކު އެމްއޭސީއެލްގެ ފަރާތުން ދެވުނު ހާއްސަ ހަދިޔާ ތަކަކާއިއެކު ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި އިވެންޓްގެ އިތުރުން މި މަހުގެ ކުރީގެ ކޮޅު ފަންޑް ހޯދުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމްގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއަށް އެއާޕޯޓްގައި މުދާ ވިއްކުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާއިރު އެމްއޭސީއެލް އިން ވަނީ އެސޯސިއޭޝަންއިން އޯޓިޒަމް އަށް ހޭލުުންތެރިކުރުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ފަންޑު ހޯދައިދީފައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއޭސީއެލްއިން ވަނީ މި ސީއެސްއާރ ޕްރޮގްރާމްތަކަކީ ރާއްޖޭގެ 'ވަލްނަރަބަލް' ކޮމިއުނިޓީތަކަށްް އެއްބާރުލުން ދިނުމަށް ޑިޒައިން ކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށް ފާހަގަކޮށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެކަމަށް އެންމެ ބޭނުންވެފައިވާ މީހުންގެ ދިރިއުޅުމުގައި ހެޔޮ އަސަރު ކުރުމަށް ކަމަށް ބުނެފައެވެ.

އެގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އާއިއެކު ތެދުވެ ހުރުމުގެ އުންމީދަކީ އޯޓިޒަމްއަށް މީހުން ހޭލުންތެރި ކުރުވުމާއި އިންކްލޫސިވް އަދި ވިސްނޭ މުޖްތަމައެއް ބިނާކުރުން ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.