ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
30 Apr 2023 | 09:57
ޖަލު ގައިދީންނަށް ވުރެ އަތޮޅު ތެރޭގެ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު: ޢިމްރާން

ޖަލުގައި ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅު ތެރޭގެ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢިމްރާން ވިދާޅުވީ، ފުލުހަކަށް ވުމަކީ ވަރަށް ތަފާތު އިހުސާސްތަކަކާއެކު ހަޔާތުގެ ކޮންމެ ދުވަހެއް, ގަޑިއެއް, މިނިޓެއް, އަދި ސިކުންތެއް ހޭދަކުރަންޖެހޭކަމެއް ކަމަށެވެ. ފުރިހަމަ ފުލުހަކަށް ވުމަކީ އޭނާގެ ދިރިއުޅުމާއި, އުޅުމާއި ގުޅުންތައް އަދި ބަސްމޮށުންތެރިކަމާއި, މުއާމަލާތްކުރުން މުޅިން އެހެން ލެވެލްއަކަށް ގެންދަންޖެހޭ ޒިންމާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޢިމްރާން ވިދާޅުވީ ބިންމައްޗަށް ނޭވާލާ އިންސާނިއްޔަތެއް ދިރިއުޅޭ ކޮންމެ މުޖުތަމައުއަކަށް ކަށަވަރުވާންޖެހޭ އެންމެ އަސާސީ ދެ ކަމުންކުރެ އެއް ކަމަކީ އިންސާނާގެ ފުރާނަޔާއި, ހަށިގަނޑާއި މުދަލަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި, ސަލާމަތާއި އަމާންކަން ކަށަވަރުވުންކަމަށެވެ. މިއަދުގެ ތަހުޒީބު މުޖުތަމައުތަކުގައި މިޒިންމާ ހަވާލުކުރެވިފައިވަނީ ޔުނީފޯމް އަޅުވާފައިތިބޭ ފުލުހުންނާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޢިމްރާން ވިދާޅުވީ، މި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ރަށްރަށަށް ދަތުރުކޮށް ފުލުހުންނާއި ބައްދަލު ކުރެވޭއިރު، ފުލުހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިލުމުން އަސަރު ކުރާ ކަމަށެވެ.

"ޖަލުގައި ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅު ތެރޭގެ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު. އެހެން ނަމަވެސް އެ ހިދުމަތް ދިނުމުގައި ފަރުވާ ކުޑަ ކުރުމެއް ނެތި ކޮންމެ ދުވަހަކުސް ކުރާ ބުރަ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމެއް". 

މިނިސްޓަރު ޢިމްރާން އަބްދުالله 

މިއާއެކު ޢިމްރާން ވިދާޅުވީ، 2018 ގެ ނޮވެންބަރާ ހަމައަށް އައިއިރު ފުލުހުންގެ ސަފުތައް ވަނީ ރޫޅި ހާވިޔާވެފައި ކަމަށާއި, ލީޑަރޝިޕްވަނީ ބަލިކަށިވެ ނިކަމެތިވެފައިކަމަށެވެ. އަދި ފުލުހުންގެ ރޭންކުތަކުގެ މެދުގައި އޮތީ ނާމާންކަމާ ބިރުވެރިކަން ފެތުރި ޢާންމުވެފައި ކަމަށެވެ.

"މިހަޤީޤަތްތައް ސާފްވާލެއް ބޮޑުކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ފުލުހުންގެ ހައިބަތާ ގަދަރާއި, ކަރާމާތް އަނބުރާ ހޯދައިދުނުމަށް. ފުލުހުންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދައިދިނުމުގެ އެޖެންޑާއަކައިގެން. ބައިބައިވެފައިވާ ސަފުތައް އެއްކޮށް, ބަލިކަށިވެފައިވާ ލީޑަރޝިޕް ވަރުގަދަކޮށް, މާޔޫސްވެ ނާއުއްމީދުވެފައިވާ އެތައް އޮފިސަރުންގެ އުއްމީދުތައް އުޖާލާ ކުރުވައިގެން. މިސަރުކާރުން ފުލުހުންނާއެކު ފެށީ ބިޔަކަނޑު ހުރަސްކޮށް އަމާން ބަނދަރަކަށް ދިއުމަށް. ވޭތުވެދިޔަ ހަތަރު އަހަރާއި ފަސްމަހުގެ ތެރޭގައި ފުލުހުން ގޮވައިގެން ބިޔަކަނޑު ހުރަސްކޮށް އަމާން އައްސޭރީގެ މަލަމަތި ފެންނަ ހިސާބަށް އަޅުގަނޑުމެން ދަތުރުކޮށްފިން." މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހްގެ އިސްނެންގުވުމާއެކު މި ހަތަރު އަހަރު ތެރޭގައި ކޮށްދެއްވި މަސައްކަތްތަކަކީ ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. 

އަދި އިމްރާންގެ ވާހަކަ ނިންމާވާލެއްވީ ތަކުރާކޮށް ކުރައްވާ އިލްތިމާސް އަނެއްކާވެސް ތަކުރާރުކުރައްވަމުންނެވެ. އެއީ ކުށްކުރި އެންމެން އަތުލައިނުގަނެވުނަސް ކުށެއް ނުކުރާ މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނަ ނުދިނުމަށް ކުރައްވާ އިލްތިމާސްއާއި ފުލުހެއްގެ ނުވަތަ މަދު އޮފިސަރެއްގެ ފުށުން ދިމާވާ ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމް ނުކުރުމަށް ރައްޔިތުންނަށް ކުރައްވާ އިލްތިމާސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.