ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޕޮލިސް
ހަބަރު
30 Apr 2023 | 13:47
އަހަރަކު 500 އެއްހާ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ: ހަމީދު

ކޮންމެ އަހަރަކު 500 އެއްހާ މީހުން އަލަށް މަސްތުވާތަކެތީގެ ވަބާގައިޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ހަލުވިކަމާއެކު ގައުމަށް އަންނަމުންދާ އިޖުތިމާއީ، ސިޔާސީ، އިގްތިޞާދީ، ޓެކްނޮލޮޖީ އަދި މޫސުމީ ބަދަލުތަކާ ގުޅުވައިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުން މިއަދު ވާންޖެހިފައިމިވަނީ އެބަދަލުތަކަށް ހޭލުންތެރި، ގާބިލްބަޔަކަށްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ، މި މަސައްކަތުގައި އަބަދުމެ ދެމިއޮންނަ، އެއިރަކަށް ބޭނުންވާ ކުރިއެރުންތައް ލިބި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއަކަށް ވުމަށް ކުރަންޖެހޭ ގިނަ ކަންތައްތައް އަދިވެސް އެބަހުރިކަމާ، އެމަގުން ފުލުހުން ކުރަމުން އައި މަސައްކަތުގެ ރަނގަޅު ނަތީޖާވެސް މިއަދު ވަނީ ފެންނަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަމީދު ވަނީ އަލަށް ތައާރަފްވާ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު ޒުވާނުން މިކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަލަށް 400 އާއި 500އާ ދެމެދުގެ އަދަދަކަށް އެކި އުމުރު ފުރައިގެ މީހުން ކޮންމެ އަހަރަކުވެސް އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަމުންދާކަމަށާ، މިކަމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ ސިޕީ ހަމީދު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ފުލުހުން ހިމެނޭގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މި މައްސަލައާ ގުޅުން ހުރި ދައުލަތުގައި ހިމެނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. 

އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށްފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

"ކުށްކުރާ ފަރާތްތައް ހައްޔަރުކޮށް ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައިގަނޑު މަސައްކަތް. އެހެން ނަމަވެސް އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ނެތުމުން މީހުން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކަކީ މިއަދު ފުލުހުންގެ މަސައްކަތް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތިކަމެއް. އެ ދަތިކަމާއެކުގައި ވެސް މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ބަންދުކުރެވޭ މީހުންނާއި ލިބިދޭން ޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް ވީ އެންމެ ރަނގަޅަކަށް ފޯރުކޮށް ދިނުމަށްޓަކައި ފުލުހުންގެ ކަސްޓޯޑިއަލް އޮފިސަރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން" ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން 2022 އަހަރު ތެރޭގައި ތޭރަހާހަސްވުރެ ގިނަ ޖިނާއީ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާކަމާއި، ފުލުހުންގެ ތަހުގީގުތަކުގެ ބޮޑުބައެއް މިއަދި ބިނާވެފައިވަނީ ފޮރެންސިކް ހެކީގެ މައްޗަށްކަމަށް ހަމީދު ވިދާޅުވިއެވެ.

އެގޮތުން މަރުގެ މައްސަލަތަކާއި، ޖިނާއީ އެނޫންވެސް ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގައި ޑީ.އެން.އޭ އެނަލިސިސްއާއި، ޑިޖިޓަލް ފްރެންސިކްސް އަދި އެނޫންވެސް ބާވަތުގެ ހެކި ހޯދަންޖެހޭ އެފަދަ މައްސަލަތަކުގައި އެންމެ ޒަމާނީ ފޮރެންސިކް ތަހްގީގު އުކުޅުތައް އަންނަނީ ވަރަށް މުހިންމު އުކުޅެއް އަދާކުރަމުންކަމަށް ފާހަގަކުރެއްވިއެވެ.

އަދި ތަހުގީގުކުރުމުގެ މަސައްކަތުގައި ފުލުހުންގެ ތެރޭގައި މިހާރު ހަރަކާތް ތެރިވަމުންދާ ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ތަމްރީން ލިބިފައިވާ ފުލުހުން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"ގޮންޖެހުންތައް ހުރިނަމަވެސް ޚިދުމަތް ތަރައްޤީކޮށް ޒަމާނީ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް ފުލުހުންގެ ތަޙްޤީގީ ޤާބިލުކަން އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރުމުން. ތަޙްޤީގުކުރުމުގައި އުޅޭ 573 ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ޤާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއްއަށްވުރެ މަތީ ފެންވަރެއްގެ ތަމްރީން ލިބިފައިވާ މީހުން. ދެންތިބި މީހުންނަށް ފުރިހަމަކުރަންޖެހޭ ތަމްރީންތައް ފުރިހަމަކުރަމުން." ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

އަދި ފުލުހުންގެ އާ ޤާނޫނެއް ވުޖޫދުވެގެން އައުމަކީ، ފުލުހުންގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުންކަން ފާހަގަކުރައްވައި، ފުލުހުންގެ އާ ޤާނޫނުގެ ސަބަބުން ފުރިހަމަޔަށް ޖަވާބުދާރީވާ، ޒިންމާދާރު މުއައްސަސާއަކަށް ވުމަށް މަގުފަހިކޮށްދީފައިވާކަމަށާއި ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ފުލުހުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހައިސިއްޔަތު ލިބިދިނުމުގެ އިތުރުން، ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު ޚިދުމަތް ދިނުމަށް މަގުފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އޮއްބެ
މިގޮތަށް ކަންތައްކުރުމުން ބައެއްގެ ޖީބު ފުރާލެވޭ
01 May 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.