ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
03 May 2023 | 14:27
ފުއްގިރި މަސްލަހައިގެ ހެކިބަސް ނެގުން އާދިއްތައަށް ފަސްކޮށްފި

ރ. ފުއްގިރި މުއާމަލާތާއި ގުޅުވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލައިގެ ހެކިބަސް ނެގުން އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.   

ފުއްގިރި މައްސަލައާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ އެ މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމަށްފަހު ހެކިބަސް ނަގާ ގޮތަށެވެ. 

އެހެން ނަމަވެސް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އިފްތިތާހީ ބަޔާން ހުށައެޅުމަށްފަހު އިއުތިރާޒެއް ހުށައަޅަން ބޭނުންފުޅުވާކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު އެ ފުރުސަތު ދެއްވިއެވެ. 

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ބަޔާންކޮށް އިއުތިރާޒުކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާގޮތުން ހަސްމަކު އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ޝަރީއަތް ކުރިއަށް ގެންދެވޭނީ އެކަމަށް ގޮތެއް ކަނޑައެޅުމަށް ފަހުގައެވެ. 

މިއަދު އިފްތިތާހީ ބަޔާން އިއްވަން ފެއްޓެވުމުގެ ކުރިން ވެސް ޑރ. މުހައްމަދު ޖަމީލް ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް އިއުތިރާޒްކޮށްފަ އެވެ.

އެގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް މައްސަލަ ކުރިއަށް ގެންދާތީ އެކަމަށް އިއުތިރާޒް ކުރާ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިން ވަނީ އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށްކަން ފާހަގަކުރައްވާ އަލުން އެ މައްސަލަ ރިއުކުރުމަށް އެދިވަޑައިގަންނަވާފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ޤާނޫނީ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ޤާނޫނު އަސާސީގެ 60 ވަނަ މާއްދާއާއި ޚިލާފަށް ހުށައަޅާފައިވާ ދައުވާތަކެކެވެ. 

މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވި ނަމަވެސް ހެކިބަސް ނެގުމާއި ގުޅޭގޮތުން ކުރި އިއުތިރާޒާއި ގުޅިގެން ގާޒީ ނިންމެވީ އެ އަޑުއެހުން އާދިއްތަ ދުވަހަށް ފަސްކުރުމަށެވެ. 

އެއާއެކު މިއަދުގެ އަޑުއެހުން ވަނީ ކުރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ