ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީއެސްއެމް
ހަބަރު
03 May 2023 | 15:56
ފުއްގިރި މައްސަލަ: ރައީސް ޔާމިންގެ އިފްތިތާހީ ބަޔާން އިއްވައިފި؛ "ދައުވާ ސާބިތުވާނެ ހެކިތަކެއް ނެތް!"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ދެމުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލައިގެ އިފްތިތާހީ ބަޔާން މިއަދު ކްރިމިނަލް ކޯޓުގައި އިއްވައިފި އެވެ. 

އެ ބަޔާން އިއްވަވަމުން އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީލޯންޑާ ކުރިކަމުގެ ކުށުގެ ދައުވާ ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ދައުލަތަށް ހުށައަޅާފައި ނުވާ ކަމަށެވެ. 

އެގޮތުން ޑރ ޖަމީލު ފާހަގަކުރެއްވި އެއް ކަމަކީ ރިޝްވަތު ހިފުމުގެ އަމަލު ޔާމީން ހިންގީ ކްރިކް ރިޒާ މެދުވެރިކޮށް ކަމަށް ބުނާއިރު ދެ މީހުންގެ މައްޗަށް ދެ ގާނޫނަކުން ދައުވާ ކޮށްފައިވާ ކަމަށެވެ. މިއީ އެއް އަމަލަކަށްވާއިރު ރައީސް ޔާމީންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 510 މާއްދާގެ (ހ)ގެ ދަށުން ދައުވާކޮށްފައިވާއިރު، ރިޒާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކޮށްފައި ވަނީ ކޮން ގޮތަކުންތޯ ޑރ ޖަމީލު ވަނީ ސުވާލުކުރައްވާފަ އެވެ. 

ޑރ ޖަމީލު ފާހަގަކުރެއްވި ގޮތުގައި އިސްވެ ބަޔާންކޮށްފައިވާ ދެ ގާނޫނުގައި މަންފާ މާނަކޮށްފައިވަނީ މުޅިން ދެގޮތަކަށެވެ. އެހެންކަމުން ދައުލަތުން ތުހުމަތުކުރާ ގޮތަށް އެ މައްސަލަ ސާބިތު ނުކުރެވޭނެކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އޭގެ އިތުރުން ބަޔާން އިއްވަމުން ޑރ ޖަމީލު ވިދާޅުވީ ދައުލަތުން ތުހުމަތުކުރާ ރިޝްވަތުގެ މުއާމަލާތް ހިންގާފައި ވަނީ ކްލެސިކް ސިޓީ ހޯލްޑިންސްއަށް ރ. ފުއްގިރި ހަތަރު ލައްކަ ޑޮލަރަށް ދޫކުރަން އެމްއެމްޕީއާރްސީން މާ ކުރިން އޮފާ ލެޓާ ދީފައި ވަނިކޮށް ކަމަށެވެ.

އެ ސިޓީ ދިންތާ 50 ދުވަސް ފަހުން ކަމާ ގުޅުމެއް ނެތް ފަރާތަކަށް 1.55 މިލިއަން ޑޮލަރުގެ ރިޝްވަތު ދީގެން އެ ރަށް ހޯދުމަކީ ހަމަ ބުއްދިން ވިސްނާލިޔަސް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. އަދި މި މުއާމަލާތަކީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އަތުން ޑޮލަރު ގަންނަން ހިންގި މުއާމަލާތެއް ކަމަށް ވެސް ޖަމީލް ފާހަގަކުރައްވާފައިވެ އެވެ.

މިއަދުގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ އިފްތިތާހީ ބަޔާން ނެގުމަށްފަހު ހެކިބަސް ވެސް ނަގާ ގޮތަށެވެ. 

އެހެން ނަމަވެސް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. 

އެގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް މައްސަލަ ކުރިއަށް ގެންދާތީ އެކަމަށް އިއުތިރާޒް ކުރާކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ. 

އެކަންކަން ފާހަގަކުރުމާއި ގުޅިގެން ގާޒީ ނަދީމު ވަނީ އިފްތިތާހީ ބަޔާން ނެގުމަށްފަހު އަޑުއެހުން ކުރުކޮށްލާފަ އެވެ. އަދި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލުކޮށްފަ އެވެ. 

ކޮމެންޓް
ހުސޭނުބެ
އަމިއްލަ އެކައުންޓްތަކަށް މިލިޔަނުން ވަދެފަހުރި ފައިސާ އެއީ ހެއްކެތް ނޫން ހެއްޔެވެ؟ އިތުރު ހެއްކެތް ބޭނުންވޭ ހެއްޔެވެ؟ މިއީ ކުޑަ ކުއްޖަކަށްވެސް ނިންމޭވަރުގެ ޝަރީއަތެކެވެ.
03 May 2023
ރަންނަ
4 ލައްކަ ޑޮލަރަކީ އެންމެ ހަ މިލިއަން ރުފިޔާ. ހުޅުމާލެއިން ކުޑަކުޑަ ބިންކޮޅެއްވެސް އެވަރަށް ނުލިބޭތަނުގަ ރަށެއް އެއްކޮށް އެއަގަށް ވިއްކާލާނެކަމަށް ހަމަބުއްދި ގަބޫލުކުރޭބާ؟
04 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ