ޑރ މުޙައްމަދު މުނައްވަރު/ ފޮޓޯ: ވޮއިސް
ހަބަރު
03 May 2023 | 22:10
ސަރަހައްދު އޮތީ ކަނޑަނާޅާކަމަށް ބުނެ ސަރުކާރުން ހަދަނީ ބުހުތާނު ދޮގު: ޑރ މުނައްވަރު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް އޮތީ ކަނޑަނާޅާކަމަށް ބުނުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމަށާއި، ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ބުނެ ސަރުކާރުން ހަދާފައިވަނީ ބުހުތާނު ދޮގެއް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. 

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން އިޤްތިސާދީ ޚާއްސަ ސަރަހައްދު އޮތީ މިހާތަނަށް ކަނޑަނޭޅި ކަމަށާއި، އެ ސަރަހައްދު ކަނޑައެޅިގެން ދިޔައީ 28 އޭޕްރިލް 2023 ގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަމަށް ސަރުކާރުން ބުނަމުންދާ ދިއުން ދޮގުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ މިނިސްޓަރުން އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގުޅިގެން މިއަދު ވަނީ ޕްރެސް ކޮންފަރެންސްއެއް ބާއްވާފަ އެވެ. 

އެ ޕްރެސް ކޮންފަރެންސްގައި ޑރ މުނައްވަރު ވަނީ ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ ކަނޑަނޭޅިކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި ސަރަހައްދު ކަނޑައެޅުމަށް ޑރ މުނައްވަރު އިސްކޮށް ހުންނަވާ ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތައް ވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ޑރ މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުން ކަނޑުގެ ސަރަހައްދުގެ 200 މޭލު ކަނޑައެޅިއިރު އިންޑިއާއާއި ސްރީލަންކާއާއި ފުށުއަރާ ސަރަހައްދެއް އޮތްކަން ފާހަގަކުރެވިފައި ވާ ކަމަށެވެ. އެހެންކަމުން ތިނަ ގައުމުން އެއްބަސްވެވޭ ގޮތަށް އެއްބަސްވުމެއް ހަދާ ކަނޑުގެ ސަރަހައްދު ކަނޑައަޅާފައިވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ދެކުނުން ރާއްޖޭގެ ސަރަހައްދާއި ފުށޫއަރާ ސަރަހައްދެއް ނެތް ކަމަށާއި، ދެކުނުން 200 މޭލު ކަނޑައަޅާފައިވާނީ ރާއްޖެއަށް ލިބޭ އެންމެ ބޮޑު ސަރަހައްދު ލިބޭގޮތަށް ބަލައިގެން ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދެންނެވި ރޮނގުތައް ކުރެހުމުގައި އާކިޕެލަޖިކް ބޭސް ލައިންތައް ކުރަހާނެ ބޭސް ޕޮއިންޓުތައް ކަނޑައެޅުމުގައި މަޝްވަރާދިނުމަށް ފޮނުވާފަހުރި މީހެއް، އެވެރިން އޭރުވެސް ބުނަމުން އައި ދެކުނުން ތި ދަމާ ރޮނގު ފުށޫ އަރައެއް ނޫން ހޭ. އަޅުގަނޑު ބުނިން މަށަށް ދައްކަބަލާށޭ ޤައުމެއް އެތަނުން. އެތަނުގައި އެބޮތް ހޭ ފުށުއަރާ ގައުމެއް؟ އެހެން ގައުމެއް އޮވެގެން ނޫން ހޭ ފުށުއަރާނީ؟ ދެން އޭރު އެ ރޮނގުތައް ދަމަން އިނީ ރާއްޖޭގަ އޭރު އޮޓޯކޭޑަށް އެންމެ ފަރިތަވާނީ އަހުމަދު އިމާދު ކިޔާ ބޭފުޅެއް. ދެން އަޅުގަނޑު އިމާދަށް ދެންނެވީ ދަމާލާށޭ 200 މޭލަށް"

ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާ، ލައިނުތައް ކުރަހާ ކަނޑުގެ ޗާޓު އދ އަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ. 

އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ ކަނޑަނާޅާކަމަށް ބުނުމުގެ ފުރުސަތު އަދި އެ ޖާގަ އެއްވެސް މީހަކަށް ނޯންނާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

"އެއްވެސް މީހަކު ރާއްޖޭގެ ސަރަހައްދު ކަނޑަނާޅައޭ ބުނާނެ ޖާގައެއް ނޯންނާނެ. މި ދެންނެވި ޤާނޫނު (ބައިނަލްއަގުވާމީ ކަނޑުތަކާއި ބެހޭ ޤާނޫނު) ގެ ދަށުން އޮންނާނީ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑު ކަނޑައަޅާފަ، ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑު ކަނޑައަޅާފަ، ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑު ކަނޑައަޅާފަ، ދިވެހިރާއްޖެއަށް ޚާއްސަކުރެވިފައިވާ އިޤްތިޞާދީ ޚާއްސަ ސަރަހައްދު ކަނޑައަޅާފަ، ކަނޑުގެ ޗާޓު ކުރާހާފައިވާ ގޮތްތއް ކަނޑައެޅި އެ ޗާޓުތައް ޔޫއެންއަށް ހުށައަޅާފަ" 

ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ބުނެ ސަރުކާރުން ހަދާފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވަނީ ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑު ގޮތަށް ކަމަށާއި، އެ ކުރެވުނު މަސައްކަތާއި ދޭތެރޭގައި ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.