ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު/ ފޮޓޯ: ވޮއިސް
ހަބަރު
03 May 2023 | 22:23
މި ވެރިކަން ހަމަ ނިމުމާއެކު ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް ފަށާނަން: ޑރ މުނައްވަރު

މި ވެރިކަން ނިމުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަށް މެދުވެރިވި ސަބަބުތަކާއި ގުޅޭގޮތުން ކުރީގެ ބަންޑާރަނައިބުންނާއި، ކުރީގެ މިނިސްޓަރުން އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ މުނައްވަރާއި، އާޒިމާ ޝުކޫރު އަދި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައި ވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ނޫން ކަމަށް ޤަބޫލުކުރާކަމަށް އިއްތިފާގު ވެފަ އެވެ. 

ޑރ މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން މި ސަރުކާރުން އުފާ ފާޅުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމުމުން އެއީ ކާމިޔާބީއެއްކަމަށް ސަރުކާރުން ސިފަކުރަމުން އައިސްފައިވާ ކަމަށެވެ. 

އެހެންކަމުން 28 އޭޕްރިލް 2023 ގައި ނިމުނު އެ މައްސަލަ ސަރުކާރުގެ ފަރާތުން އިސްތިއުނާފު ކުރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުނައްވަރު ވިދާޅުވީ މިހާރު އެމަނިކުފާނާއި، އެމަނިކުފާނާއި އެކު އެ މަސައްކަތް ކުރުމަށް ތިބި ހުރިހާ ފަރާތްތަކާއި ގުޅިގެން ދިވެހިރައްޔިތުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. 

"މައްސަލަ ނިމުނީ 28 ގައި. ދެން 28 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މި މައްސަލައިގައި ހިމެނޭ ޕާޓީތަކަށް މޮރިޝަސް ސަރުކާރަށް، ދިވެހި ސަރުކާރަށް އެޕީލްކުރުމުގެ ފުރުސަތު އޮންނާނެ. ދެން އަޅުގަނޑު މި ބަލަނީ ދިވެހި ސަރުކާރުން އެއަށް މަރުހަބާ ކިޔާ އަތްތިލަބަޑި ޖަހާ އެކަކު އަނެކަކު ބައްދާ ހެދީމަ ދެން މި މީހުން އެޕީލްއެއް ނުކުރާނެއޭ. ދެން އަޅުގަނޑުމެން އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ފަރާތުން އެޕީލް ކުރުމަށްޓަކައި އެއްވެސް ޖާގައެއް އޮތްތޯ މިދަނީ ބަލަމުން. އެއްވެސް ޖާގައެއް އޮތްކަމަށް ވާނަމަ އެޕީލް ކުރާނަން ދިވެހި ރައްޔިތުންގެ ނަމުގައި:

ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު 

އަދި ހަމައެއާއެކު ޑރ މުނައްވަރު ވިދާޅުވީ މިހާރު ގުނަމުންދަނީ މި ސަރުކާރުގެ ފަހު ދުވަސްތައް ކަމަށާއި، މި ސަރުކާރު ނިމުމާއެކު ދިވެހިރާއްޖޭގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހޯދުމަށް ވަކާލާތު ކުރަންވީ ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

"އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ވަރަށް ފާސްޓުކޮށް އަންނާނެ. ހަމަ އައުމާއެކު، މި މައްސަލަ އަލުން ފައްޓާނަން. ދެން ފައްޓާނެ ގޮތް މި ބޭފުޅުން ވިދާޅުވެދާނެ ނޭނގޭނެއޭ. އެބޭފުޅުންނަކަށް ނޭނގޭނެ، ކުދިވެރިން، ނޭނގޭނެ. އެކަމަކު އަޅުގަނޑު މި ދެންނެވީ ހަމަ ވަރަށް ސާފުކޮށް މައްސަލަ ބެލޭނެ އެހެން ގޮތް ގޮތް އޮންނާނެ، މައްސަލަ ބަލާނަން"

ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ދައުލަތެއްގައި ނުވަތަ ޤައުމެއްގައި ސިޔާސީ ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ސިޔާސީ ބޭނުމަކަށް ހިތުހުރި ގޮތެއް ހެދިގެންދާނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ހުރިހާ ޚިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް އެއް ޕްލެޓްފޯމަކަށް އައި ޕާޓީތައް އައީ ގައުމީ ކަމެއްގެ ގޮތުގައި އެކަން ދެކިގެން ގައުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. 

އަދި އެ މަސައްކަތް ކުރައްވަމުންދާއިރު ފާޑުކިޔުންތައް އަމާޒުކުރި ކަމުގައި ވީ ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ކޮމެންޓް
ޚުރުސީ
މަނިކުފާނު އަވަހާރަފުޅުން ހޭފުޅުލެވިގެން ނޫންތޯ ކަމެއްވާނީ
04 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ