ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު/ ފޮޓޯ: ވޮއިސް
ހަބަރު
07 May 2023 | 17:31
ފުއްގިރި މައްސަލަ: ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތަށް ސުޕްރިމް ކޯޓަށް ހުށައަޅައިފި

ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތަށް ހުށައަޅުއްވައިފި އެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ އަހުމަދު ކްރިކް ރިޒާގެ ފަރާތުން ހުށައަޅާފައިވާ މައްސަލައާވެސް އެކުއެކީގައެވެ.

މި މައްސަލަ ބެއްލެވުމަށް ސުޕްރިމް ކޯޓުގައި ވަނީ 3 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައްވާފަ އެވެ. އަދި ބެންޗުގެ ރިޔާސަތު ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. 

އެ މައްސަލައާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދަށު ކޯޓުން ނިންމި ނިންމުންތައް ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވާތީ އިސްތިއުނާފު ކުރި ނުގުތާތައް ހުށައަޅުއްވާފަ އެވެ. 

އެގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން މައިގަނޑު 3 ނުކުތާއެއް ވަނީ ހުށައަޅުއްވާފަ އެވެ. 

އެއްކަމަކަށް ހުށައެޅުއްވީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުމުން އެ ހެކިތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާތީ އިސްތިއުނާފު ކުރި ނުގުތާއެކެވެ. 

އެ މައްސަލައިގައި ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައިވާކަން ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ފާހަގަކޮށްފަ އެވެ. 

އެމަނިކުފާނު ފަރާތްޕުޅުން ދެން ހުށައެޅި ނުކުތާއަކީ ރައީސް ޔާމީނު ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ހުށައެޅި އިސްތިއުނާފީ ނުގުތާއެވެ. 

ހެކިތައް ހޯއްދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައެޅި ސަބަބު ކޯޓަށް ސާފުކޮށްދެއްވަމުން ރައީސް ޔާމިންގެ ފަރާތްޕުޅުން ވިދާޅުވީ ފުއްގިރި މައްސަލައިގައި ސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާއަކީ މަޤާމުގެ ހައިސިއްޔަތުން ޓުއަރިޒަމް މިނިސްޓަރަށާއި އެމްއެމްޕީއާރުސީގެ އެމްޑީއަށް ވަކި ކަހަލަ އިރުޝާދުތަކެއް ދެއްވާ ބޭފުޅެއްކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. 

އެހެންކަމުން ފުއްގިރި މައްސަލަ ކުއްޔަށް ދޫކުރުމުގެ މުއާމަލާތު ހިނގިކަމަށް އެ ބުނާ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާ އާއި ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްޕީއާރުސީގެ އެމްޑީއާއި ދެމެދު ހިންގާފައިވާ މުއާމަލާތުތަކާއި އެ މުއާމަލާތާއި ގުޅޭ އެއްވެސް ކަހަލަ ލިޔެކިޔުމެއް އޮތް ނަމަ އެ ހިއްސާކުރަން ޖެހޭކަމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި އެފަދަ އެއްވެސް ލިޔެކިޔުމެއް ހިއްސާކޮށްފައި ނުވަތަ ހުށައަޅާފައި ނުވާކަން އެމަނިކުފާނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި އެވެ. 

ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިފައިވާ ލިޔެކިޔުންތައް ފޯރުކޮށް ނުދިނުމުގެ ސަބަބުން އެ މައްސަލައިގައި ދިފާއު ބިނާކުރުމަށް ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ވަކި ރަށެއް ވަކި ފަރާތަކަށް ދިނުމަށް އެއްވެސް ފަރާތަކަށް ދޫކުރުމަށް އެމަނިކުފާނު އަންގަވާފައި ނުވާނެ ކަމަށެވެ. ދައުލަތުން އެފަދައިން ތުހުމަތު ކުރާނަމަ އެކަމާއި ގުޅޭ ލިޔުންތައް ފޯރުކޮށްދޭން ކަމަށާއި، އެ ލިޔެކިޔުންތަކަކީ ދައުލަތުގެ އަތުގައި ހުރި ލިޔެކިޔުންތަކެއްކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. 

ރައީސް ޔާމިން ހޯއްދަވަން އެދިވަޑައިގަންނަވާ މައުލޫމާތަކީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ އަސާސްކަމުގައިވާ ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީއާ ރައީސުލްޖުމްހޫރިއްޔާއާ އޮންނަކަމަށް ދައުލަތުން ބުނާ ގުޅުން ނުވަތަ ލިންކު މުގުރައިލުމަށް ބޭނުންވާ ލިޔުންތައްކަމަށާއި، އެ ލިޔުންތަކަކީ ދައުލަތުގައި ހުންނާނެ ހެކިތަކެއްކަން ރައީސް ޔާމިން ފާހަގަކުރެއްވި އެވެ. 

ތިން ވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން އެދިލެއްވީ އަދީބާއި ޒިޔަތަކީ އެމަނިކުފާނުގެ އަދާވާތްތެރިންގެ ގޮތުގައި ކަނޑައަޅައިދީ އެމަނިކުފާނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅާއި ދިނުމަށެވެ. އަދި ދެން ހުރި ހެކިތަކާއި ގުޅިގެންވެސް އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

އޭގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިންގެ ފަރާތްޕުޅުންވެސް އަދި އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރިކް ރިޒާގެ ފަރާތުންވެސް ވަނީ ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ދަށުކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފަ އެވެ. 

އެއާއެކު މިއަދުގެ އަޑުއެހުން ސުޕްރިމް ކޯޓުން ނިންމާލާފައިވަނީ ހޯމަ ދިވަހާއި ހަމަޔަށް ދަށުކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ސުޕްރިމްކޯޓަށް އަމުރުކޮށްފަ އެވެ. އަދި ހެއްކާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް ހުށައެޅިފައިވާ މައްސަލަ އަންނަ ހޯމަ ދުވަހާއި ހަމަޔަށް ބަލާ ނިންމާ ފައިސަލާ ކުރައްވާނެކަމަށް އެ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.