ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު/ ފޮޓޯ: ވޮއިސް
ހަބަރު
08 May 2023 | 12:13
ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަނީ، ހަމަ ހީފުޅުވަނީ ތޯ މާ މޮޅަށް ހިންގެނީކަމަށް؟ :ޑރ މުނައްވަރު

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ. 

ޗެނަލް-13 އިން ގެނެސްދިން ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ މިއަދު ސަރުކާރު ހިންގަވަން ތިއްބެވީ ދައުލަތަށް ވާނުވާ ނޭނގޭ ފަރާތްތަކެއް ކަމަށެވެ. 

އެގޮތުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ވެސް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެމަނިކުފާނުގެ އަތްޕުޅަށް އަރާވަޑައިގަންނަވާ ސިޓީފުޅުތަކާއި ބިލުތަކުގައި ސޮއިކުރައްވާއިރު އޭގައި އޮންނައެއްޗެއް ކުޑަމިނުން ވިދާޅުވެސް ނުވާ ކަމަށެވެ. 

"މި ފާހަގަކުރަނީ އޭނައަށް ދިވެހި ޤައުމަކީ ކޮބައިކަން ވެސް ނޭނގޭ. މިހާރު ދިވެހި ގައުމުގެ ދައުލަތުގެ ސަރަހައްދަކީ ކޮބައިކަމެއް ނޭނގޭ. ދިވެހި ރައްޔިތުންނަކީ ކޮބައިކަމެއް ނޭނގޭ. ދިވެހިރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކަކީ ކޮބައިކަމެއް ނޭނގޭ. މިއިން އެއްވެސް ކަމެއް ހިޔެއް ނުވޭ އެނގޭ ހެނެއް"

ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު

ޑރ މުނައްވަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތަށް ވާ ނުވާ އެނގިވަޑައިނުގަތުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. 

ޑރ މުނައްވަރު ވިދާޅުވީ ވެރިކަން ކުރަން ލިބިވަޑައިގެން ފުރުސަތުގައި ޤައުމުގެ ދުޝްމަނުން ކަންކުރާ އުސޫލުން ކަންކަން ކުރެއްވުމަށްފަހު އަނެއްކާވެސް ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ވެސް ލަދުވެތިވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. 

ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ކަންކަން ދޫކޮށްލެއްވުމަށްފަހު، އަނެއްކާ ވެސް ދެވަނަ ދައުރަކަށް ކުތިމަތިލައްވާ ވާހަކަ ދައްކަވާއިރު، ހަމަ ހަގީގަތުގައިވެސް ގައުމު މާ މޮޅަށް ހިންގޭކަމަށް ޤަބޫލުފުޅު ކުރައްވަނީ ތޯ ޑރ މުނައްވަރު ވަނީ ސުވާލު ކުރައްވާފަ އެވެ. 

"ދެވަނަ ދައުރެކޭ ބުނީމަ އަދި މި ގަންނަނީ މާ ބޮޑު ލަދެއް. އެއަށްވުރެ ބޮޑު ބިރެއް. އެއީ ޤައުމު ދެން ދާނެ ދިމާއެއް ނޭނގޭ. ހެޔޮނުވާނެ ނޫން ތޯ މި ހިސާބުގައި ހާލަތު އޮއްވާ ދެވަނަ ދައުރެކޭ ބުނަންވެސް ލަދުގަންނަން ޖެހޭނެ. ހަމަ އަމިއްލަފުޅަށް ހީވަނީތަ މާ މޮޅަށް ހިންގެވެނީ އޭ؟ "

ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު

އޭގެ އިތުރުން ޑރ މުނައްވަރުގެ ވާހަކައިގައި ވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބިލައްވައިފި ނަމަ އަނެއްކާވެސް ރާއްޖޭގެ އެކި ސަރަހައްދުތައް ވިއްކާލާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު އެފަދަ ކަމެއް ނުކުރައްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ކޮމެންޓް
އެލެކްސް
އިބޫ ނޫންގޮތެއް ބޭނުންވޭ... އިބޫގެ ކޯލިޝަންގެ ފަރާތުން ލިބުނު އަނިޔާގެ ބަދަލުގައި އެ ކޯލިޝަންދެމެހެއްޓި މީހުންނަށް ނޫނެކޭ ބުނަން ޖެހޭ.
09 May 2023
ރެއްކަބޭ
މުނައްވަރު މީ ކޮންތާކުން ނިކުމެގެންއުޅޭ ބޭކަލެއްތޯ. ކޮންމެ ރިޔާސީ އިންތިހާބަކާ ކައިރިވާއިރަށް ގޭގައި ނިދަންއޮވެފައި މީނާ އެބަނިކުމޭ.
12 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.