ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
08 May 2023 | 20:45
ފުއްގިރި މައްސަލަ: އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި، ހުކުމް އިއްވާނީ ހޯމަ ދުވަހު!

ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި އެވެ. 

އެ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ވަނީ އިއްޔެގެ އަޑުއެހުމުގައި ހުށައަޅާފަ އެވެ. 

އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ 3 ނުކުތާއެއް ހުށައަޅުއްވާފަ އެވެ. 

އެ މައްސަލައިގައި ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައިވާކަން ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ފާހަގަކޮށްފަ އެވެ. 

މިއަދު ކުރިއަށް ދިޔައީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށައެޅުމެވެ. 

އެގޮތުން މިއަދުގެ އަޑުއެހުމުގައި ކުރިކް ރިޒާގެ ފަރާތުން 4 ނުކުތާއެއް ވަނީ ސުޕްރިމް ކޯޓަށް ހުށައަޅާފަ އެވެ. 

އޭގެ ތެރޭގައި ދައުވާ ހުށައެޅުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި 2 ހުށައެޅުމަކާއި، ހެއްކާ ގުޅޭ 2 ހުށައެޅުމަކާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތަކެއް ހިމެނެއެވެ.

ކްރިކް ރިޒާގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް އެދިފައެވެ.

އެގޮތުން ކްރިކް ރިޒާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

ރ ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން ސުޕްރިމްކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި އެ ފަރާތްތަކުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައެޅުމަށްފަހު ދައުލަތުން ވަނީ އެ ނުކުތާތަކަށް ރައްދުދީފަ އެވެ. 

މިއަދުގެ އަޑުއެހުން ނިންމާލައްވާފައިވަނީ އެ މައްސަލައާއި ގުޅިގެން ދެފަރާތުން ދައްކަން ހުރި ހުރިހާ ވާހަކަތަކެއް ހުށައެޅުމަށް ފަހުގައެވެ. ގާތްގަނޑަކަށް 5 ގަޑިއިރަށް މިއަދުގެ އަޑުއެހުން ދިގު މެދިގެން ދިޔައެވެ. 

އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން އެ މައްސަލަ ބައްލަވާ ސުޕްރިމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުޢޫދު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އަންނަ ހޯމަ ދުވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި ހުކުމް އިއްވާނެ ކަމަށެވެ. 

ސުޕްރިމް ކޯޓުން ވަނީ ފުއްގިރި މައްސަލައާއި ގުޅޭގޮތުން އެ ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން ދަށުކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.