ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފާ
ހަބަރު
09 May 2023 | 15:21
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

އެގޮތުން މިކަމާއި ގުޅިިގެން އެމްޓީސީސީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫޢަކީ 19.13 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށެވެ.

ތ. ގާދިއްފުށްޓަކީ ރާއްޖޭގެ އެހެނިހެން ރަށްތަކެކޭ އެއްފަދައިން ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. މި ރަށުގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ތުނޑީކޮޅު ސަރަހައްދުންނެވެ.

އެހެންކަމުން މިއަދު ނިމިގެންމިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މިހާރު ވަނީ ހިމާޔަތްކުރެވިފައި ކަމަށް އެމްޓީސީއިން ބުނެފައިވެއެވެ.

މިއާއިއެކު އެމްޓީސީސީއިން ދެކެނީ މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 18,894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ