ދިއްފުށީގައ ސްޓެލްކޯއިިން ހަރަކާތްތެރި ވަނީ
ހަބަރު
10 May 2023 | 21:04
ދިއްފުށީގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ހާއްސަ ހަރަކާތެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި

ކ. ދިއްފުށީގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ސްޓެލްކޯއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މިކަމާއި ގުޅިގެން ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ ހިންގުނު މި ހަރަކާތަކީ ދިއްފުށީގެ ކައުންސިލާއި، ސިއްހީމަރުކަޒާއި، ސުކޫލް އަދި އިންޖީނުގޭގެ މުވައްޒަފުން ގުޅިގެން ކުރިއަށް ގެންދްވުނު ހަރަކާތެއް ކަމަށެވެ.

މިއާއިއެކު މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ މިފަދަ ކަންކަމުގައި، އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް އޮންނަކަމީ ލިބޭ އުފަލެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ދިއްފުށީގައި ސްޓެލްކޯގެ ފަރާތުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ހަސަން ޝާފިއު ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ރަށުގައި އެހެލާފައި ހުރި ބޭނުންނުކުރާ ދޯންޏާއި، ލޯންޗް އަދި ބޯޓް ފަހަރުތަކުގައި ފެން ހެދުމުގެ ސަބަބުން ވަރަށް ބައިވަރު މަދިރި ފަނި އަޅާފައިވާ ކަމަށެވެ.

އެހެންކަމުން 3 ޓީމްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ދޯނި އެހެލާ ސަރަހައްދުގެ އިތުރުން ރަށު ތެރެއިންވެސް މަދިރި އާލާވާނެ ތަންތަނުން ފެން ހިއްކުމާއި، ކެމިކަލް އަޅަން ޖެހޭ ތަންތަނަށް ކެމިކަލް އެޅުމުގެ އިތުރުން ހުސްކުރި ދަޅު ފަދަ ފެން ހެދޭ ތަކެތި ނައްތާލުމުގެ މަސައްކަތް  ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިއާއިއެކު ޝާފިއު ވިދާޅުވެފައިވަނީ ވިއްސާރަ މޫސުމާއި ދިމާކޮށް ރަށުގައި މަދިރި އަލާވާލެއް އިތުރުވުމާއި ޑެންގޫ ފަދަ ބަލިތައް ފެތުރޭތީވެ ރަށުގެެ ކައުންސިލާއި ސްޓެލްކޯ ގުޅިގެން މަހަކު އެއްފަހަރު މިގޮތަށް ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ރާވަމުންދާ ކަމަށެވެ.

"އާންމުކޮށް އެހެންނޫނިއްޔާ މި ވާގޮތަކީ އަހަރެއްގެ ތެރޭގައި އެއްދުވަހު ސާފު ކުރީމަކާ މީގެ އަސްލު ހައްލެއް ނުލިބެ. މަހަކު އެއްދުވަހު ނަމަވެސް ނިކުމެ އާންމުކޮށް މިކަން ކުރާ ގޮތަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ." ޝާފިއު ފާހަގަކުރެއްވިއެވެ.

ދިއްފުށީގެ އިތުރުން މާފުށީގައިވެސް މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް