އަލީ ހުސެއިން ޕްރެސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 May 2023 | 14:07
ބަންޑާރަ ނައިބަކީ ބަޔަކު ހަދާހާ "ޑީލެއް" ދިފާއުކުރަން ހުންނަ ފަރާތެއް ނޫން: އަލީ ހުސެއިން

ދައުލަތުގެ ބަންޑާރަ ނައިބަކީ ބަޔަކު ހަދާހާ "ޑީލެއް" ދިފާއުކުރައްވަން ހުންނަވާ ފަރާތެއް ނޫން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖުމްހޫރީ ޕާޓީ) ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ބަންޑާރަނައިބު އިބްރާޙިމް ރިއްފަތުގެ އިހުމާލުންކަން ފާހަގަކޮށް އެ މައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފަ އެވެ. 

އެކަން އިއުލާނުކުރުމަށް މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅި މައިގަނޑު ސަބަބަކީ އެ މައްސަލައިގައި ދިވެހިންގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު އިސްކޮށް ރިއްފަތު މަސައްކަތްޕުޅު ކުރައްވާފައިވާތީ ކަމަށެވެ. 

ދައުލަތުގެ ބަންޑާރަނައިބަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ޖެހިވަޑައިގަންނަވާ ފަރާތް ކަމަށާއި، މި މައްސަލައިގައި ފެނިގެން ދިޔައީ ބަޔަކު ހެދި ޑީލެއް ދިފާއުކުރެއްވުމަށް ރައްޔިތުންގެ މަސްލަހަތު ދޫކޮށްލައްވައިގެން ރިއްފަތު ހުންނެވި މަންޒަރުކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"ބަންޑާރަނައިބަކީ ދިވެހި ގައުމުގެ ނުވަތަ ދިވެހި ރައްޔިތުންގެ ދިފާއުގައި މަސައްކަތްޕުޅު ކުރައްވަން ހުންނެވި ބޭފުޅެއް. ވަކި މީހެއްގެ ދިފާއުގައި، ވަކި މީހަކު ހަދާފައޮ އޮތް ޑީލެއްގެ ދިފާއުގައި މަސައްކަތްކުރައްވަން ޖެހޭ ބޭފުޅެއް ނޫން"

މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖުމްހޫރީ ޕާޓީ)

އަލީ ހުސެއިން ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރައްވަން ބަންޑާރަނައިބަށް ޖެހިވަޑައި ގަންނަވާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައިވާ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. 

އަލީ ހުސެއިން އިތުރަށް ވިދާޅުވީ ބަންޑާރަ ނައިބު ރިއްފަތު އެ މަސައްކަތްޕުޅު ކުރައްވާފައި ނުވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލި ރާއްޖޭގެ މަސްވެރިކަމަށް ވެސް ދާދި އަވަހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެ މައްސަލައިގައި ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ހުރިހާ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ މަސައްކަތް ގުޅިގެން ކުރަން ނިންމާފައިވާ ކަަމަށެވެ. އަދި އެކަން ކުރުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.