Advertisement

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރެއް ހައްޔަރު ކޮށްފި

އައްސޭރި ޖަލު--

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ޖަލު އޮފިސަރެއް ހައްޔަރުކޮށްފިއެވެ. 

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. 

އަދި އެ މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރީ ކަރެކްޝަންސްގެ  އޮފިސަރެއް ކަމަށާ އެ އޮފިސަރު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. 

Advertisement

މިއާއެކު ސީޕީ ވިދާޅުވީ އެ އޮފިސަރު މިހާރުވަނީ އެ ސަރވިސްގެ ޚިދުމަތުން ސަސްޕެންޑުކުރެވިފައި ކަމަށާ، މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. 

ދޭތެރެ ދޭތެރެއިން ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރާ މައްސަލަތައް ފެންމަތިވަމުންދާއިރު، އެކަން ކަމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ޖަލު އޮފިސަރުން ހައްޔަރު ކޮށް ސަސްޕެންޑް ވެސް ކުރެއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement