މިނިސްޓަރު މަހުލޫފު އަދި މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު/ ފޮޓޯ: ވޮއިސް
ހަބަރު
13 May 2023 | 13:58
މި ސަރުކާރުން މަހުލޫފަށް ޖެއްސި ހާލަށް ހަމްދަރުދީވަން: ތާރިގު

އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޖެއްސި ޙާލަށް ހަމްދަރުދީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައާއި ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން މަހުލޫފު ފާޑުވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

މަހުލޫފު ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ލިބުނީ މޮޅެއް ކަމަށެވެ. އަދި އެ މައްސަލައިގައި ރާއްޖޭގެ ބަންޑާރަ ނައިބު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ކަމަށާއި، އެއީ އެމަނިކުފާނުގެ ކަރުގައި މާފަތި އަޅުވަން ޖެހޭ ކަމެއް ކަމަށެވެ. 

"ހަގީގަތް އޮޅުވާ ނުލައްވާށެވެ. ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބީއެއް. ލިބުނީ ބޮޑު ބައެއް. މޮރިޝަސްގެ މައްޗަށް ގަދަވީ މި ކުޑަކުޑަ ދިވެހިރާއްޖެ. ހަގީގަތުގައި އެޓާނީ ޖެނެރަލް ރިއްފަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް"

ޔޫތު މިނިސްޓަރު އަހުމަދު މަހުލީފު 

މަހުލޫފުގެ އެ ވާހަކަތަކާއި ގުޅިގެން ތާރިގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުން ކަމަށެވެ. އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މިނިސްޓަރު މަހުލޫފު ނޫޅުއްވުމަށް ތާރިގު އެދިވަޑައިގެންނެވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ހަގީގަތުގައި މިނިސްޓަރު މަހުލޫފަށް މި ސަރުކާރުން ފާއިތުވި 4 ވަރަކަށް އަހަރު ޖެއްސި ޙާލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ހަމްދަރުދީވާ ކަމަށެވެ. 

"މިނިސްޓަރު މަހްލޫފުއެވެ! ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުންނެވެ. ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާށެވެ. މަނިކުފާނަށް ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން ޖައްސާފައިވާ ހާލާމެދުގައި އެކުގައި އުޅުނު މެންބަރެއްގެ ހައިސިއްޔަތުން ހަމްދަރުވީވަމެވެ"

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު

މަހުލޫފުގެ ހާލާއި މެދު ހަމްދަރުދީވާކަމަށް ތާރިގު ވިދާޅުވީ ބެލެވޭގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ސަރުކާރުން މަހުލޫފާއި މެދު އަމަލުކޮށްފައިވާ ގޮތާއި ގުޅިގެންނެވެ. 

އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން މަހުލޫފުގެ މައްސަލަ ތަހުގީގުކުރަން ފެށުމާއެކު ސަރުކާރުން ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ. އެގޮތުން ދެ މަހަށްވުރެ ގިނަ ދުވަސް މަހުލޫފު މަސައްކަތުން އެކަހެރި ކުރުމަށްފަހު ބެހެއްޓިއެވެ. 

އެފަހުން އޭނާގެ މައްޗަށް ދައުވާ އުފުލާ ކޯޓާއި ހިސާބަށް މައްސަލަ ގެންދިޔައެވެ. އެކަމާއި ގުޅިގެން މަހުލޫފަށް ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުވެގެން ދިޔައެވެ. 

ނަމަވެސް، ފަހުން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހުން ވަނީ ގެނެސްފައެވެ. އަދި އެފަދައިން އެ އޮފީހުން ކަން ކޮށްފައިވަނީ ރައީސް ޞާލިހުގެ ކެންޕެއިންގެ ކަންކަމުގައި އިސްކޮށް މަހްލޫފް ހަރަކާތްތެރިވާން ފެށިފަހުންކަން ފާހަގަކޮށްލެވެއެވެ. 

އެހެންކަމުން ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ގިނަ ފަރާތްތަކުން ވިދާޅުވަމުން ދަނީ ރައީސް ޞާލިހުގެ އަރިހުގައި މަހުލޫފު ހުންނަވަނީ މަޖުބޫރުވެގެން ކަމަށެވެ. ރައީސް ޞާލިހު ހިތްޕުޅު ޖަމަހެިވަޑައިނުގަންނަވާ ގޮތަކަށް މަހުލޫފު އެއްޗެއް ވިދާޅުވާ ހިސާބުން އަނެއްކާވެސް އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާނެކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.