އާޒިމް މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 May 2023 | 14:02
މި ސަރުކާރަށް ހެޔޮބަހެއް ބުނަނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ހެޔޮބަހެއް ބުނަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި މަދުބައެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޕާޓީގެ ތެރެއިން އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮފީގައިވެސް އިސްކޮށް ހަރަކާތްތެރިވާ އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގައި ބަންޑާރަ ނައިބުގެ އިހުމާލު އޮތްކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ބައެއް މެމްބަރުން ވާހަކަދައްކަވަމުން ދާތީ ކުރެއްވި ޓްވީޓެއްގަ އެވެ. 

އާޒިމް ވިދާޅުވީ މި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ހެޔޮ ބަހެއް ބުނަނީވެސް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ނިސްބަތުން މަދު ބައެއް ކަމަށެވެ. އެ ނޫން މީހަކު ސަރުކާރަށް ހެޔޮ ބަހެއް ބުނާތަން ފެނިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ ސިޔާސީ މަޤާމުތަކުގައި ތިބި މަދު ބަޔަކު ސަރުކާރަށް ސަނާކިޔަމުން ދިޔަ ނަމަވެސް، ރައްޔިތުން ތިބީ ރައީސް ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ވެސް ނެތްކަމަށް އާޒިމް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. 

"މިހާރު ރައީސް ޞާލިހަށް، ޞާލިހުގެ ސަރުކާރަށް ހެޔޮބަހެއް ބުނާ އަޑު އިވެނީ ސިޔާސީ ވަޒީފައި ތިބި މަދުބައެއް. ދިވެހިން ތިބީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭކަށް ނޫން"

މެމްބަރު އަލީ އާޒިމް 

ޗާގޯސް މައްސަލައާއި ގުޅިގެން ސަރުކާރުން އަމަލުކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަމަށް ޤަބޫލުކުރާ ގިނަ ބަޔަކު ވަނީ އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރުމަށް އިއްތިހާދެއް އެކުލަވާލާފަ އެވެ. 

އެގޮތުން އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮތްޕާއި، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ހިމެނެއެވެ. މަޖިލީހުގައި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުން ވަނީ އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފަ އެވެ. 

ކުރިއަށް އޮތް ހަފާތާގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ މައްސަލަވެސް ވައްދާނެ ކަމަށާއި، އެ މައްސަލަ ވެއްދުމަށް ބޭނުންވާ ވަރަށް ސޮއި ހަމަކުރެވިފައިވާކަމަށް އެ އިއްތިހާދުން ވަނީ ހާމަކޮށްފަ އެވެ. 

ސިޔާސީ ޕާޓީތަކުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބުންނާއި ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅުންގެ އިތުރުން މީހުންގެ މެދުގައި މަގުބޫލު ސިޔާސީ ބައެއް ބޭފުޅުންވެސް މި މަސައްކަތުގައި ހިމެނިވަޑައިގަންނަވަ އެވެ. 

ގުޅިފައިވާ އިއްތިހާދުން ބުނީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރި އޭޖީ ރިއްފަތުގެ ޓީމުން ރައްޔިތުންގެ ހައްގުގައި ދައްކަން ޖެހޭ މުހިންމު ވާހަކަތަކެއް ހުށައަޅާފައި ނުވާކަމަށެވެ. އަދި އެ މައްސަލައިގައި ދައުލަތުން ނެގި ޕޮސިޝަނަކީ ޤާނޫނާއި ޚިލާފު ޕޮސިޝަނެއް ކަމަށެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ސަބަބުން އެ މައްސަލައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ވެސް އެ ފަރާތްތައް ފާހަގަކުރައްވަ އެވެ. އަދި ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެކަމަށް ފޯޅަވަހި އިއްތިހާދުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް