ހަޔަރ އެޑިއުކޭޝަން މިނިސްޓަރު-- ފޮޓޯ/ މިހާރު
ހަބަރު
14 May 2023 | 14:07
ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ ފިޔަވަޅު އަޅަނީ

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވާ ދަރިވަރުން ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ހާލަތްތަކާއި، ފައިސާ ނުދައްކައިފިނަމަ އެޅޭނެ ފިޔަވަޅުތަކުގެ އައު އުސޫލު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން އާންމުކޮށްފިއެވެ.

އެގޮތުން މި އުސޫލުގައިވާ ގޮތަށް ސަރުކާރުން ދަރިވަރަށް އެއްވެސް ފައިސާއެއް ދޫކުރުމަށްފަހު އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެއްޖެނަމަ، އެ ފައިސާ މިނިސްޓްރީއަށް އަނބުރާ ދައްކަންޖެހެއެވެ. އެގޮތުން:

-މަޤްބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލުން.

-ދަރިވަރު ޕްރޮގްރާމުން ފެއިލްވެއްޖެކަމަށް މަރުކަޒުން ކަނޑައެޅުން.

-ފުރަތަމަ ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން.

-މިނިސްޓްރީއަށް ހުށަހަޅަންޖެހޭ އެއްވެސް މަޢުލޫމާތެއް ސިއްރުކުރުން/ ހިފެހެއްޓުން ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަވުން.

-މި އުސޫލުގެ ދަށުން ޕްރޮގްރާމް ފުރިހަމަކުރުމަށް ސަރުކާރުން ދަރިވަރަށް ހޭދަކޮށްފައިވާ ފައިސާ، މިނިސްޓްރީއަށް ދައްކަން ޖެހުމާއި މަރުކަޒު ބަދަލުވާއިރު މި ސްކީމުގެ ދަށުން ދަރިވަރަށް ހޭދަކޮށްފައިވާ ފައިސާ ދައްކަން ޖެހުން.

މި ހާލަތްތަކުގެ ތެރެއިން ފައިސާ އަނބުރާ ދައްކަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ފައިސާ ދެއްކުމުގައި ދަރިވަރު ޢަމަލުކުރަން ޖެހޭ ގޮތް މިނިސްޓްރީއިން ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ކުރީގައި މި ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތާއި މިހާރު ކަނޑައަޅާފައިވާ މުއްދަތާއި އަޅާ ބަލާއިރު މުއްދަތު ކުޑަކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

އެގޮތުން ދަރިވަރަށް ޚަރަދުކުރީ:

-25,000ރ. ރުފިޔާއަށްވުރެ މަދު މިންވަރެއްނަމަ، 2 އަހަރުދުވަހުގެ (24 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީ 30 މަސް ދުވަހުގެ ތެރޭގައި.

-25,000ރ. އާއި 50,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 2 އަހަރާއި 6 މަސްދުވަހުގެ (30 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީ 38 މަސް ދުވަސް ތެރޭގައި.

-50,000ރ. އާއި 100,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 3 އަހަރާއި 6 މަސްދުވަހުގެ (42 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީި 53 މަސް ދުވަސް ތެރޭގައި.

-100,000ރ. އާއި 200,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 4 އަހަރުދުވަހުގެ (48 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީ 66 މަސް ދުވަސް ތެރޭގައި.

-200,000ރ. އާއި 300,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 7 އަހަރުދުވަހުގެ (84 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީ 105 މަސް ދުވަހުގެ ތެރޭގައި.

-300,000ރ. އާއި 400,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 10 އަހަރުދުވަހުގެ (120 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ. ކުރިން އޮންނަނީ 150 މަސް ދުުވަސް ތެރޭގައި.

-400,000ރ. އާއި 500,000ރ. ދޭތެރޭގެ މިންވަރެއްނަމަ، 12 އަހަރުދުވަހުގެ (144 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންޖެހޭ.

-500,000ރ. (ފަސްލައްކަ) ރުފިޔާއަށްވުރެ ގިނަ މިންވަރެއްނަމަ، 15 އަހަރުދުވަހުގެ (180 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަން ޖެހޭ.

ސަރުކާރުން ދަރިވަރަށް ކުރި ޚަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކާ ނަމަ އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓްރީއިން ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ސަރުކާރުން ދަރިވަރަށް ކުރި ޚަރަދު އަނބުރާ ދައްކައި ނިމެންދެން، މިނިސްޓްރީން އިޢުލާނުކުރާ މަތީ ތަޢުލީމާއި ތަމްރީނުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ފައިސާ ހޯދުމަށް ޝަރުޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ހިލޭ
ފަސްމަސް ދުވަހު އަމިއްލައަށް ދައްކާފަ ބިލްތައް ހުށައެޅީމަ ހިތައްއެރި އިރަކުން ލާރިކޮޅު ލިބެނީ. އެ ޑިލޭވީމަ ސަރުކާރު ޖޫރިމަނާވޭތޯ؟
16 May 2023
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.