އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ހަބަރު
14 May 2023 | 22:21
ރިފްއަތް ވަކިކުރުމާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެނީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅުމާއެކު، އެކަމާ ދެކޮޅަށް ތްރީލައިންވިޕެއް ނެރުމަށް އެމްޑީޕީން ތައްޔާރުވާން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރު މުހައްމަދު އަސްލަމް "ވޮއިސް" އަށް ވިދާޅުވީ، އެކަމާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ނުބާއްވާ ކަމަށާއި ނަމަވެސް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

"އެއީ އަބަދުވެސް ސަރުކާރުގަ ތިބޭ ސަރުކާރު ވަޒީރުންނާ ދެކޮޅަށް އަންނަ މައްސަލަތަކުގަ މީގެ ކުރީގެ އެމްޑީޕީ ސަރުކާރު 2008 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމަޔަށް އޮތް އިރުވެސް ވަޒީރެއްގެ އިރުބާރު ނެތްކަމުގެ މައްސަލައެއް ވެއްޖެއްޔާ ތްރީލައިން ވިޕް ނެރެފަ ހުރީ އެކަމާ ދެކޮޅަށް" 

އަސްލަމް ވިދާޅުވިއެވެ.

އެ އުސޫލުން ބަލާއިރު މިފަހަރުވެސް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން ރަސްމީކޮށް ނިންމާނީ މެމްބަރުން ކަމަށާއި އެ މައްސަލައާ މެދު މަޝްވަރާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ނިންމާފައިވަނީ ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް މަޖިލީހުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސިއާއި ޚިލާފަށްކަމަށް ޤަބޫލުކުރާ ސިޔާސީ ޕާޓީތައް ވަނީ އެ މައްސަލައިގައި ގުޅިގެން ކުރިއަށް ދިއުމަށް އިއްތިހާދެއް އެކުލަވާލާފަ އެވެ. އެ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީއެވެ. 

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ނިންމާފައިވާކަން އިއުލާނުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލި ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށެވެ. 

އިމުގެ ނުވަތަ ސަރަހައްދުގެ ވާހަކައަކީ ކުޅޭ ކުޅޭ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ގެއްލިގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ގެއްލުން އެކި ސިފަސިފައިގައި ފޯރާނެ ކަމެއް ކަމަށެވެ. 

އެގޮތުން އެ މައްސަލައިގައި ރިއްފަތު އަމަލުކޮށްފައިވަނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ނޫންކަން ފެންނަން އޮތް އިރު އެފަދަ މަގާމެއްގައި އޭނާ ހުރެގެން ދެން ލިބޭނެ ގެއްލުން ބޮޑުކަން ސަލީމު ފާހަގަކުރެއްވި އެވެ. 

އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިއްފަތު ވަރަށް ބޮޑަށް ޚިލާފުވެފައިވާ ކަމަށެވެ. 

"ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ށ) ގައި ދައުލަތާއި ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަނައިބުގެ ގާނޫނީ ވާޖިބުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމަކަށް ވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައިރު އިބްރާހިމް ރިއްފަތު އެކަން ކުރައްވާފައި އޮތްކަމަކަށް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް" 

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިހުމާލު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. 

"ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދާއި މެދު މިހާތަނަށް، މި ސަރުކާރު އައުމުގެ ކުރިން ރާއްޖެއިން ގެންގުޅުނު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ލޯ އޮފް ދަ ސީގެ ދަށުން ރާއްޖެއަށް ލިބިދޭން ޖެހޭ 200 ނޮޓިކަލް މޭލު ހޯދުން އަދި ދެމެހެއްޓުން ކަމަށް ވާއިރު، ސަރުކާރުގެ ސިޔާސަތު ބަދަލުކުރި އިރު ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) ގެ ދަށުން ޤާނޫނީ ވެރިކަން ނަގަހައްޓާ އަދި ހިމާޔަތްކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ މަންފާއަށް، ބަންޑާރަނައިބު ކުރައްވަން ޖެހޭ މަސައްކަތް ކުރައްވާފައި ނުވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. 

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު

ކަނޑުގެ ސަރަހައްދު ބެހުމުގެ ހަމައެކަނި މިންގަނޑަކީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސް އުސޫލުން ބެހުންކަމަށް ނުވާއިރު، ރާއްޖެއަށް ލިބިދޭ 200 ނޮޓިކަލް މޭލުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގައި ރިއާޔަތްކުރަން ޖެހޭ އެއްވެސް ކަމަކަށް ބަންޑާރަނައިބު ވަކާލާތު ކުރައްވާފައި ނުވުމަކީ ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ބައަކަށް އިސްކަން ދިނުންކަމަށް ގުޅިފައިވާ ޕާޓީތަކުން ގަބޫލުކުރާކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

އޭގެއިތުރުން އާދަމް ޝަރީފު ވިދާޅުވީ ރާއްޖެއަށް ލިބިދޭ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ވެސް ބަންޑާރަނައިބު ވަކާލާތު ކުރައްވާފައި ނުވާކަމަށެވެ. ވަކިން ޚާއްސަކޮށް އިޓްލޮސްގައި މައްސަލަ ކުރިއަށް ދިޔައިރު، ދިވެހި ދައުލަތުގެ ފަރާތުން އެއްވެސް ކަމަކަށް އިއުތިރާޒު ކޮށްފައި ނުވާކަމަށާއި، އިކުއިޑެިސްޓެންސް އުސޫލުން ބައިކުރުން ނޫން ގޮތަކަށް ވަކާލާތުކޮށްފައި ނުވާކަންވެސް ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހުރިހާކަމެއް މިހެން ހުރިއިރު، ބަންޑާރަނައިބުގެ މަގާމުގައި ހުންނަވާ އަމިއްލަ މަންފާއަށް ރިއްފަތު މަސައްކަތްޕުޅު ކުރައްވާކަމަށް ބެލެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

އެހެންކަމުން ޤާނޫނީ ވާޖިބުތައް އަދާކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ބަންޑާރަނައިބުގެ ކޮނޑުގައި އެޅިފައިވާ ޒިްމާތައް އަދާކުރުމުގައި އިބްރާހިމް ރިއްފަތު ނުކުޅެދިފައިވާކަމަށާއި، އެ މަސްއޫލިއްޔަތުތައް އަދާކުރާނެކަމުގެ އިތުބާރު އޭނާގެ މައްޗަށް ނެތްކަމަށް ގުޅިފައިވާ ޕާޓީތަކަށް ގަބޫލުކުރެވޭކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ އެ މަގާމަކީ އިތުބާރު ލިބިގެންވާ މަގާމަކަށް ހެދުމަށް ކަމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ގަބޫލު ކުރެވޭތީކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. 

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގައި ރިއްފަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ބޭބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށައަޅާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.