ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ދެން
ހަބަރު
15 May 2023 | 08:38
ބައިނަލްއަގްވާމީ ޤާނޫނުތައް ބަންޑާރަ ނައިބަށް އެނގިވަޑައިނުގަންނަވާތީ ހިތާމަކުރަން: އާޒިމާ

ބައިނަލްއަގުވާމީ ޤާނޫނުތައް ދައުލަތް ތަމްސީލުކުރަން ހުންނެވި ބަންޑާރަ ނައިބަށް (އިބްރާހިމް ރިއްފަތަށް) އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ ޝުކޫރު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި އެޓާނީ ޖެނެރަލް ރިއްފަތާއި އޭނާގެ ޤާނޫނީ ޓީމުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ޕޮސިޝަނެއް ނަންގަވައި ކޯޓުގައި ވަކާލާތު ކުރައްވާފައިވާއިރު، އެ މައްސަލަ ނިމިގެން ދިޔަ ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔަ ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ އެއްވެސް އުސޫލެއް ނެތްކަމަށް ވިދާޅުވެ އޭޖީ ރިއްފަތު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އިއްތިހާދުވެފައިވާ ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައްދުދެއްވާ ވާހަކަ ދައްކަވަމުން ނެވެ. 

އާޒިމާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ލޯ އޮފް ދަ ސީ (އަންކްލޮސް) އަށް ހަވާލާދެއްވާ ޗާގޯސް މައްސަލަ އިޓްލޮސްއިން ނިންމި ނިންމުން އިސްތިއުނާފު ކުރެވޭނެ ހާލަތެއް ނެތްކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި، އިޓްލޮސްގެ ހިންގާ ގަވައިދުގައި ވަރަށް ސާފުކޮށް، އެ ކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ހާލަތްތައް ބަޔާންކޮށްދެއްވާފައިވާ ކަމަށް އާޒިމާ ޝުކޫރު ވިދާޅުވި އެވެ. އަދި ޤާނޫނުތައް މިހާރުގެ ބަންޑާރަނައިބަށް އެނގިވަޑައިނުގަންނަވާތީ ހިތާމަ ކުރައްވާކަމަށް އާޒިމާ ޝުކޫރު ވިދާޅުވި އެވެ. 

"އަޅުގަނޑު ވަރަށް ދެރަވޭ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބަށް އިޓްލޮސްގެ ހިންގާ ގަވައިދު ނުގަންނަތީމަ، އަޅުގަނޑުމެން މި ދައްކާ ވާހަކައަކަށް (ކަނޑު ވިއްކާލިކަމަށް ބުނާ ވާހަކަ) އަށް ހެއްކާއި ގަރީނާ ލިބޭ ކަންތައްތައް މި ހުންނަނީ. އިޓްލޮސްގެ ހިންގާ ޤަވައިދު "ރޫލްސް އޮފް ދަ ޓްރައިބިއުނަލް" ބައްލަވާ މިހާރުވެސް، 126 ވަނަ މާއްދާއާއި 127 ވަނަ މާއްދާއާއި، އެ އޮތީ ސާފުކޮށް ބަޔާންކޮށްފަ"

ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު 

އާޒިމާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގުޅުން އޮތް މި މައްސަލައިގައި ދިވެހި ދައުލަތް ތަމްސީލުކުރެއްވުމަށް ޤާނޫނީ ޓީމެއް ގޮވައިގެން ވަޑައިގެންނެވިއިރު ދައުލަތުގެ ބަންޑާރަނައިބަށް އިޓްލޮސްގެ ހިންގާ ގަވައިދުގައި އޮތް އެއްޗެއް ނޭގުމަކީ ހަގީގަތުގައި ވެސް އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށެވެ. 

ކޯޓުގައި ވަކާލާތުކުރައްވަމުން ގެންދެވިއިރު، ދިފާއު ބިނާކުރެއްވިއިރު، އެ ގާނޫނުތައް ރަނގަޅަށް އެނގިވަޑައިނުގެން ވަކާލާތު ކުރެއްވުމަކީ ރާއްޖެއަށް ގެއްލުންތައް ލިބިގެން ދިޔަ ސަބަބެއްގެ ގޮތުގައި އާޒިމާ ފާހަގަކުރެއްވި އެވެ. އަދި އެ ގަވައިދުތައް އެނގިވަޑައިނުގެން ހުންނަވާ ދެން އިތުރަށް އެ މައްސަލައިގައި ކުރެވޭނެ ކަމެއް ނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ދިއުމުން މިއަދު މި އޮތީ ދައުލެއްކަމާމެދު ވެސް ސުވާލު އުފެދޭކަމަށް އާޒިމާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ. އެ މަސައްކަތް ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުން ކުރައްވާނެކަމުގެ ޔަގީންކަންވެސް އާޒިމާ ދެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.