ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް/ ފޮޓޯ: ދެން
ހަބަރު
15 May 2023 | 10:11
ކަނޑުވިއްކާލުމާއި ދެކޮޅަށް ބާއްވާ ރެލީގައި ސިފައިންނާއި ފުލުހުން ބައިވެރިވާން ޖެހޭ: އާޒިމް

ކަނޑުވިއްކާލުމާއި ދެކޮޅަށް ގުޅިފައިވާ ފަރާތްތައް އިސް ނަގައިގެން އިންތިޒާމުކުރާ ބޮޑު ރެލީގައި ސިފައިންނާއި ފުލުހުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ. 

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ހޯދުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮފިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. 

އެ މަސައްކަތް ކުރުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ޖެހޭ ހިސާބުން އެކަން ކުރުމަށްވެސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ސަރުކާރަށް ކުރެވޭނެ ކަމަކަށް ނުވާތީ، ރައްޔިތުންގެ މަޖިލީސް މެމްބަރުން އެކަމުގައި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރައްވާނެކަމަށް އާޒިމް ވިދާޅުވި އެވެ. 

ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ އެންމެން ވެސް އިއްތިފާގުވާ ގޮތަށް އާޒިމް ވެސް ވިދާޅުވީ އެއީ ޤައުމީ ކަމެއް ކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ފަތާތުވުންތައް އޮތް ކަމުގައި ވިޔަސް ސަރަހައްދާއި ގުޅޭ އެ މައްސަލައިއަކީ ޤައުމީ މަސްލަހަތު އިންތިހާއަށް ބޮޑު މައްސަލައަކަށް ވާތީ، އެކަމުގައި އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަނޑު ވިއްކާލުމާއި ދެކޮޅަށް އެ އިއްތިހާދުން ބާއްވާ ބޮޑު ރެލީގައި ސިފައިންނާއި ފުލުހުން ވެސް ބައިވެރިވާން ޖެހޭކަމަށެވެ. 

"އަޅުގަނޑު ދެކޭގޮތުގައި ދިވެހި ސިފައިން އެބަ ނިކުންނަން ޖެހޭ. އަޅުގަނޑުމެންނާ އެއްކޮށް އެ ރެލީގައި ބައިވެރިވާން ދިވެހި ސިފައިން ދިވެހި ފުލުހުން އެބަ އަންނަން ޖެހޭ، އެއީ މި ކަންކަން ހިމާޔަތް ކުރަން ތިބި ފަރާތްތައް ހުވާކޮށްގެން" 

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

އާޒިމް ވިދާޅުވީ ކަނޑު ވިއްކާލުމަށް ޑީލެއް ހެދިކަމަށް ތުހުމަތުތަކެއް ކުރެވޭއިރު އެ މައްސަލަތައް ތަހުގީގު ކުރެވެން ޖެހޭ ކަމަށެވެ. އެ ޑީލުގެ ތެރެއިން މަންފާވީ ކޮން ބަޔަކަށްކަން އެނގޭނީ އެފަދަ ފުރިހަމަ ތަހުގީގެއް ކުރެވިގެން ކަމަށާއި، މިހާރަށް ބަލާއިރު، ޔަގީނުންވެސް ސަރަހައްދުން ބައެއް ދޫކޮށްލީ ގަސްދުގައި، އިހުމާލުންކަން ފެންނަން އޮތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް