މިނިސްޓަރ ޝާހިދު ޖަޕާންގައި---
ހަބަރު
15 May 2023 | 14:02
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ޖަޕާނަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު ޖަޕާން ގެ ޓޯކިޔޯއަށް ވަޑައިގަންނަވައިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅުގައި މި މަހު 14 އިން 16 އަށް ޓޯކިޔޯގައި ބޭއްވޭ 'މިއުނިކް ލީޑަރސް މީޓިންގ' ގައި މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖަޕާންގެ ފޮރިން މިނިސްޓްރ ހަޔަޝީ ޔޮޝިމަސާ ގެ އިތުރުން މިއުނިކް ލީޑާޒް މީޓިންގައި ބައިވެރިވެ ވަޑައިގަންނަވާ އެހެނިހެން ވަޒީރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް، ޖޮއިންޓް ސެކެޓްރީ މަރިޔަމް މިދްފާ ނައީމް، ޑިރެކްޓަރ ހުސައިން ޖައްހާޒް، އަދި އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ވެސް ވަޑައިގެންނެވިއެވެ.

'މިއުނިކް ލީޑަރސް މީޓިންގ' އަކީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ފަރާތުން އިންތިޒާމް ކޮށް، 24 ގަޑިއިރުގެ އޮފް ދަ ރެކޯޑް ބައްދަލުވުމެއްގެ ގޮތުގައި ފަރުމާކޮށްގެން ދުނިޔޭގެ އެކި އެކި ކެޕިޓަލްތަކުގައި ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސަރުކާރާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، މަޖްލިސް މެމްބަރުންނާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާއި، އިސް ސީއީއޯންނާއި، މަތީ ފެންވަރުގެ ޕްރައިވެޓް ސެކްޓާރގެ މަންދޫބުންގެ އިތުރުން ނަން މަޝްހޫރު ނޫސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއާއިއެކު ބައްދަލުވުމުގައި މި ފަރާތްތަކާއިއެކު ބައިނަލްއަޤްވާމީ ސަލާމަތީ ސިޔާސަތާއި ސަރަޙައްދީ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ބަހުސްކުރެވިގެން ދާނެއެވެ.

ޖަޕާންގެ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ މިއުނިކް ލީޑަރސް މީޓިންގ ގައި ޗެތަމް ހައުސްގެ ގަވާއިދުގެ ދަށުން ވަކި މައުޟޫއަކަށް ފޯކަސްކޮށްގެން މަތީ ފެންވަރުގެ ރައުންޑްޓޭބަލްތައް ބޭއްވިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.