ރައީސް ޔާމީން/ ފޮޓޯ: ވޮއިސް
ހަބަރު
15 May 2023 | 22:47
ފުއްގިރި މައްސަލައިގެ އިސްތިއުނާފު: ހެއްކާއި ގުޅޭގޮތުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދަމަހައްޓައިފި

ރ. ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅަން ޖެހޭ ހުށައެޅުންތަކާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ނިންމާ އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައާއި ގުޅިގެން ހައިކޯޓުން ނިންމި ނިންމުން ދަމަހައްޓައިފި އެވެ. 

ފުއްގިރި މައްސަލާގައި ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުން އެ ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން ހައިކޯޓަށް ހުށައަޅާ އެކޯޓުން ވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދުކު ކުރުމުން އެ މައްސަލަ ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. 

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިރޭ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔާގައިވަނީ ހެކި ބަލައިގަތުމަށް ކޯޓުން ނިންމުމުގައި ބަލަންޖެހޭ ކަންކަން ތަފުސީލުކޮށް ބަޔާންކުރައްވާފައެވެ.

ދަށު ކޯޓަށް ހުށައެޅުނު މައްސަލައަށް ބަލާއިރު، ވަކިވަކި ހެކިތައް ބަލައިގަންނަން ނިންމެވި ސަބަބުތައް ބަޔާން ނުކޮށް، ހުރިހާ ހެއްކެއް އެކުއެކީގައި ބަލައިގަންނަން ނިންމެވީ ކަންފަސޭހަކޮށް ކަމަށް ފަނޑިޔާރު ސިފަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާ އަލުން ފަށަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ސަބަބަކީ ވަކިވަކި ހެކިތަކާމެދު ތައުނު ކުރުމުގެ ފުރުސަތު ޝަރީއަތުގެ މަރުޙަލާގައި ލިބިދޭތީކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ނުކުތާގައި ވާހަކަދައްކަވަމުން ހުސްނުއްސުއޫދު ވިދާޅުވީ ހެއްކާ ގުޅޭ ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާތަކާއި، ހެއްކާބެހޭ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގުޅުން ހުރި ވާޤިއާ (ފެކްޓްސް) އާއި، ގުޅުން ނެތް ވާޤިއާއެއް ގުޅުންހުރި ވާޤިއާއަކަށް ބަދަލުވެދާނެ ޙާލަތްތަކާއި، ނިޔަތާ ގުޅުންހުރި ވާޤިއާ ތަކަކީ ކޮބައިކަން ޤާނޫނުގެ އަލީގައި ފަނޑިޔާރު ވަނީ ސާފު ކޮށްދެއްވާފައެވެ.

ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެ ހެކިބަހަށް ދޭންވާ ބުރަދަން ނިންމަވާނީ ފަނޑިޔާރު ކަމަށާއި، އެކަން ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ. އަދި ގުޅުން ނެތް ހެއްކެއް ބަލައިގެންފައިވާ ޙާލަތުގައިވެސް، އޭގެ ސަބަބުން މުޅި މައްސަލައިގެ ނިންމުމަށް އަސަރުކޮށް، އަދުލު އިންސާފު ގެއްލިގެން ގޮސްފައިނުވާނަމަ، ޝަރީއަތް ކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލު ކުރަން ނުޖެހޭނެކަން ވެސް ފާހަގަކުރެއްވި އެވެ. 

އަލަށް އަމަލުކުރަންފެށި ގާނޫނުގައި ވާ ގޮތުގެ މަތިން، ހެކި ބަލައިގަތުމާ ގުޅޭ ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކުރައްވައި، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ. 

އެ ނުކުތާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީޤު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.

ފުއްގިރި މައްސަލައިގައި އަދި ހެކިބަސްވެސް ނަގާފައިނުވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ހެކިތަކުގެ އަދާވަތްތެރިކަމާއި ގުޅޭގޮތުން ޝަރީއަތުގައި ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ގޮސްފައިނުވާކަމަށެވެ. 

އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބަޔާންކުރައްވައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ނުކުތާއަށް އަލިއަޅުވާލައްވާ ހުސްނުއް ސުއޫދު ވިދާޅުވީ މި ނުކުތާއާ ގުޅިގެން ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ މާނަަކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކިލައްވާކަމަށެވެ. 

އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން އަލިއަޅުވާލައްވާ ރައުޔު އިއްވަވަމުން ހުސްނުއްސުއޫދު ވިދާޅުވީ ފުއްގިރި މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ ރައީސް ޔާމިނާއި ކްރިކް ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ބަދަލުކުރަން ޖެހޭ ހާލަތެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވަނީ ތާއީދު ކުރައްވާފަ އެވެ. 

އެއާއެކު ސުޕްރިމް ކޯޓުން ވަނީ އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ދަމަހައްޓާ މައްސަލަ ނިންމާލައްވާފަ އެވެ. 

ކޮމެންޓް
އެހެންދޯ
އިސްލާމްދީންގަ ހަމަގައިމުވެސް ނޯންނާނެ އެއް ކުށުގެ ބަޔަކުގެ ހެކި ބަލައިގަންނާކަށް. ގައިމިވެސް ތި ހުކުމް ކުރިބަޔަކުވެސް މަރުވާނެ ދުވަހެއްވެސް އަންނާނެ އެދުވަހުން ދެއްކޭނެ އިތުރު ހެއްކެއް ނޯންނާނެ
15 May 2023
ގުޅޭ ލިޔުންތައް
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.