ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް
ހަބަރު
16 May 2023 | 13:50
ފޯޅަވަހީގެ މައްސަލާގައި ބާ ކައުންސިލުން އިންސާފުވެރި ދިރާސާއެއް ހަދާނެކަމާމެދު ޝައްކު: އުޝާމް

ފޯޅަވަހީގެ މައްސަލާގައި ބާ ކައުންސިލުން އިންސާފުވެރި ދިރާސާއެއް ހަދާނެކަމާމެދު ޝައްކު އުފެދޭ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ ބާ ކައުންސިލުން އިޓްލޮސްގެ ނިންމުމާއި ގުޅޭ ދިރާސާއެއް ކުރުމަށް އިއްޔެ ނިންމާ ނެރެފައިވާ ބަޔާނަށް ފާޑު ވިދާޅުވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ބާ ކައުންސިލުން ނެރުން ބަޔާނުގައި ބުނެފައިވަނީ އިޓްލޮސް އިން ދިވެހިރާއްޖެއާއި ޗާގޯސް އާ ދެމެދު އޮތް ކަނޑުގެ ސަރަހއްދު ބެހުމާއިމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށާއި، އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާއި ގުޅިގެން، ބާ ކައުންސިލްގެ ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން މި މައްސަލާގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި އެ ކައުންސިލުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޔުނިޓީ އިން ބަލައިގަތުމަށް ނިންމާ، މި މައްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް ފޮނުވުމަށް އެ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީއިން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅިގެން އުޝާމް ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލާގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ތާއީދުކޮށް މަރުހަބާ ކިޔައި ބާކައުންސިލްގެ ރައީސް އަދި އެކްސްކޯގެ ބައެއް މެންބަރުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދި މިމައްސަލާގެ އެންމެ ބޮޑެތި ގޯސްތައް ހަދާފައިވާ ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަކީ ބާކައުންސިލްގެ އެކްސްކޯ މެންބަރެއް ކަމަށެވެ.

އެހެންކަމުން މިފަދަ ހާލަތެއްގައި އޮތް ކައުންސިލަކުން އިންސާފުވެރި ހަމަހަމަ ދިރާސާއެއް ހަދާނެކަމާ ދޭތެރޭ ޝައްކު އުފެދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

ފޯޅަވަހީގެ ނިންމުމުގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް ބުނެ ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފޯޅަވަހީގެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދުން ވަނީ ހުށަހަޅާފައެވެ.

މި އިއްތިހާދިގައި ޕާޓީ ތަކުގެ ތެރޭގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.