ރައީސް ޔާމީންގެ ޤާނޫނީ ޓީމު/ ފޮޓޯ: ވޮއިސް
ހަބަރު
16 May 2023 | 18:34
ސުޕްރިމް ކޯޓުގެ ނިންމުމާއެކު ފުއްގިރި މައްސަލަ ކާމިޔާބުކުރަން ފަސޭހަވާނެ: ރައީސް ޔާމިނުގެ ޤާނޫނީ ޓީމު

ރ. ފުއްގިރި މައްސަލައާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ އެ ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ދަށުކޯޓުގައި އޮތް މައްސަލަ ކާމިޔާބު ކުރުމަށް ފަހިވެގެން ގޮސްފައިވާކަމަށް ރައީސް ޔާމިންގެ ޤާނޫނީ ޓީމުން ހާމަކޮށްފި އެވެ. 

ސުޕްރިމް ކޯޓުގެ ހުކުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުالله ޝިޔާޒު ވިދާޅުވީ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 3 ނުކުތާއެއް ހުށައަޅާފައިވާ ކަމަށެވެ. 

ފުރަތަމަ ކަމަކީ ވަކި ވަކި ހެކިތަކަކީ ގުޅޭ ހެކިތަކެއްތޯ ނޫން ތޯ ކަނޑައަަޅައި ދިނުމަށް އެދި ހުށައެޅި ނުކުތާ ކަމަށެވެ. އެކަމާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާލައްވާ ޝިޔާޒު ވިދާޅުވީ ވަކި ވަކި ހެކިތަކަކީ ގުޅޭ ހެކިތަކެއްކަމަށް ދަށު ކޯޓުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ފުއްގިރި މައްސަލައިގެ ޝަރީއަތް ފަށާފައިވާތީ، ދެން އެކަން ޝަރީއަތުގެ މަރުހަލާގައި ކުރިއަށް ގެންދިއުމަށް ސުޕްރިމް ކޯޓުން އަންގާފައިވާކަމަށް ޝިޔާޒު ވިދާޅުވި އެވެ. 

"އެ މައްސަލައިގައި ސުޕްރިމް ކޯޓުން އެ ދެއްވި ހައްލަކީ ކުރިން އެ މަރުހަލާ ނިމިފައި އޮތްކަމަށް ވިޔަސް މި ޝަރީއަތުގެ ތެރޭގައި އެކަން ނިމިގެންދާން ޖެހޭނެ ކަމަށް ވަކިން ބެލިގެން. ދެން ހުކުމް ކުރާއިރު، ޝަރީއަތުން އެކަމަށް ރިއާޔަތް ކުރަން ޖެހޭނެކަމަށް ސުޕްރިމް ކޯޓުގެ ހުކުމުން ދޭހަވެގެން މިދަނީ"

ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އަބްދުالله ޝިޔާޒު 

ދެވަނަ ނުކުތާއެއް ގޮތަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް، ހެއްކާއި ބެހޭ ޤާނޫނުގެ 3 މާއްދާއަކާއި ހަވާލާދީ އެއްފަރާތް ކުރުމަށެވެ. 

އެ މައްސަލައަކީ ހެކީގެ ރިލަވެންސްއާއި ގުޅުންހުރި ކަމަކަށް ވާތީ ސުޕްރިމް ކޯޓުގެ ނިންމުމުގައި ވަނީ ސުޕްރިމް ކޯޓުން ފާހަގަކޮށްފައިވާ ގައުޑްލައިނާއި އެއްގޮތަށް އެ ހެކިތަކަކީ ބަލައިގަނެވޭނެ ހެކިތަކެއްތޯ ނޫން ތޯ ދަށު ކޯޓުން ކަނޑައެޅުމަށެވެ. 

ޝިޔާޒު ވިދާޅުވީ އެ ހެކިތަކުގެ އަދުލުވެރިކަމާމެދު އަދި އެ ހެކިތައް ބަލައިގަތުމާއި ނުގަތުމާމެދު ވަކިން ދަށު ކޯޓުން ގޮތެއް ކަނޑައަޅަން ސުޕްރިމް ކޯޓުން އެންގުމަކީ ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފީ ނުކުތާގެ ޙައްލު ލިބިގެން ދިޔަ ކަމެއް ކަމަށެވެ.  

"އަޅުގަނޑުމެން އެ ނުކުތާގައި (އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ހުށައެޅި ނުކުތާގައި) އެދިފައި އޮންނާނީ ސުޕްރިމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފަ އުސޫލެއް ކަނޑައަޅުއްވާފައި އެކަން ނިންމެވުމަށް މަހުލީލުކޮށްދެއްވުމަށް. މިހާރު އެ ނިންމެވީ އެ އުސޫލާއި ތަހުލީލު ކުރުމުގެ ބަދަލުގައި ޝަރީއަތުކުރީގެ މަރުހަލާގެ ތެރޭގައި ހުށައެޅިފަ ހުރި ހުށައެޅުމާއި ގުޅޭގޮތުން ހަގީގަތުގައި އޭގެ އާ ހުށައެޅުންތަކާއެކު އަޅުގަނޑުމެން ހުށައަޅާފައިވާ ކަންތައްތައް ހެއްކާއި ބެހޭ ގާނޫނާއި އެއްގޮތަށް ނިންމަން ޖެހޭނެ ކަމަށް"

ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އަބްދުالله ޝިޔާޒު 

ތިން ވަަނަ ކަމަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވީ ހެކި ހާމަކުރުމާއި، ހެކި ހޯދުމާއި ބެހޭގޮތުން އަމަލުކުރާނެ އުސޫލެއް ކަނޑައަޅާދިނުމަށެވެ. 

ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އަބްދުالله ޝިޔާޒު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަތަކުގައި ދިފާއީ ހެކި ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. 

އެގޮތުން ދައުލަތުގައި ނުވަތަ ތަހުގީގީ އިދާރާގައި ހުންނަ މައުލޫމާތުތައްވެސް ނުދީ ހިފަހައްޓާ ކަމަށާއި، އެ މައުލޫމާތުތައް ހޯދުމަށް، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ތެރެއިން މަސައްކަތް ކުރުމަށް އިދާރާތަކުން އަންގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ޝިޔާޒު ވިދާޅުވީ މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން އިދާރާތަކުން ނޫސްވެރިންނަށް ވެސް މައުލޫމާތުތައް ނުދީ ތަންފީޒީ އިދާރާތަކާއި ހަމަޔަށް މައްސަލަތައް ގެންދާކަމަށެވެ. އެހެންކަމުން އެ އުސޫލުގެ ތެރެއިން މައުލޫމާތު ހޯދައިގެން ދިފާއު ބިނާކުރުމަކީ ވާނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެން ނަމަވެސް މި މައްސަލައަށްވެސް ސުޕްރިމް ކޯޓުގެ ނިންމުމުން ޙައްލު ލިބިގެން ގޮސްފައިވާކަމަށް ޝިޔާޒު ވިދާޅުވި އެވެ. 

"ހަގީގަތުގައި މި މައްސަލައިގެ ތެރޭގައި އަޅުގަނޑުމެންނަށް މި ލިބުނު ޙައްލަކީ ދިފާއީ ހެކި ހޯދުމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލަށް ބަލާއިރު މިހާރު ދެން ކުރިއަށް އޮތް ތަނުގައި ވެގެންދާނެ ގޮތަކީ ބޭނުންހާ ގޮތަކަށް ތަހުގީގުތަކެއް ނުބެހެލެއްޓޭނެ. ތަހުގީގުތަކަކީ ރިކޯޑު ކުރެވިގެން އޭގެ ރެކޯޑު ބެލެހެއްޓިގެން ހިންގޭ ތަހުގީގުތަކަކށް ވާނީ. އެއީ ދިފާއުން ނުވަތަ މައްސަލައެއްގެ ދައުވާ އުފެލޭ މީހާގެ ފަރާތުން އެތަކެތި ބަލަން އެދިއްޖެ ހާލަތެއްގައި ބެލޭގޮތަށް ހުންނަން ޖެހޭ އެއްޗެއް ގޮތަށް އެބަ އެނގޭ. އަދި ފަނޑިޔާރުން އެގޮތަށް އަމުރުކުރަން ވާނެކަމަށް މި އޮންނަނީ މި ހުކުމުގައި"

ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އަބްދުالله ޝިޔާޒު 

މި ހުރިހާ ކަމަކަށް ބަލާއިރު، ސުޕްރިމް ކޯޓުގެ ނިންމުމަކީ ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލައަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފަ އެވެ. 

ރައީސް ޔާމިންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސުޕްރިމް ކޯޓުގެ ނިންމުމަކީ ރައީސް ޔާމިނަށް ލިބިވަޑައިގެންނެވި "ބޮޑު ނާކާމިޔާބީއެއް" ކަމަށް ސިފަކޮށް ރިޕޯޓު ކުރަމުން ދިޔަ ނަމަވެސް، އެ ނިންމުމުގެ ސަބަބުން ދަށު ކޯޓުގައި އޮތް މައްސަލަ ކާމިޔާބުކުރުމަށް އެތައްތަނެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ހަގީގަތުގައި ރައީސް ޔާމިންގެ މައްސަލައަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ކޮމެންޓް
ީިއިންތި
ފުއްގިރިވެސް ލިބުނީ
16 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.