ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
16 May 2023 | 23:55
ފޯޅަވައްސާއި ގުޅޭ ނިންމުންތައް އާންމު ކުރުމަށް ޑރ ޝަހީދު ގޮވާލައްވައިފި

ފޯޅަވަހި މައްސަލައާއި ގުޅޭގޮތުން 1982 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރުތަކުން ނިންމާފައިވާ ނިންމުންތައް އާންމުކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު އެދިވަޑައިގަންނަވައިފި އެވެ. 

ފޯޅަވަހި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މެދުގައި ތަފާތު ގޮތްތަކަށް ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި ޑރ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލައާއި ގުޅޭގޮތުން 1980 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި ނިއުޔޯކާއި ލަންޑަނުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ރައްކާ ކޮށްފައިވާ ފައިލްތައް އާންމުކުރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ. 

ޑރ ޝަހީދު ވިދާޅުވީ އެ މައުލޫމާތުތައް ހާމަކުރުމަކީ އިތުބާރު ހިފޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެ މައުލޫމާތުތައް ހާމަކުރުމަކީ މައުލޫމާތުގެ އިތުބާރު ނަގަހައްޓާ، ނޫސްވެރިން ބާރުވެރިކުރުމުގެ އިތުރުން ފުރިހަމަ މައުލޫމާތާއެކު ރައްޔިތުންނަށް މި މައުލޫގައި ބަހުސްކުރެވޭނެ މަގެއްކަމަށް ޑރ ޝަހީދު ވިދާޅުވި އެވެ. 

ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދާއި ގުޅޭގޮތުން ކުރެވޭ ބަހުސް ދެކަފިވެފައިވާއިރު، އެ ކަމާއި ގުޅޭގޮތުން ސަރުކާރުން ބުނަމުން ދަނީ އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލަ ނިމުނުގޮތުގެ ސަބަބުން ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. 

އެއީ އިޓްލޮސްއިން އެ މައްސަލަ ނިންމުމާއި ހަމަޔަށް ދެކުނުގެ ސަރަހައްދު އޮތީ ކަނޑަނޭޅި ކަމަށާއި، އިޓްލޮސްއިން އެ މައްސަލަ ނިންމު ގޮތުގެ ސަބަބުން ދިވެހިރާއްޖެއަށް ބޮޑުބައި ލިބިގެން ގޮސްފައިވާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. 

އެހެން ނަމަވެސް ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ލިބިގެންދާކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅުގެ ސަބަބުން ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އެކަންކަމަށް އަލިއަޅުވާލައްވާ ޑރ ޝަހީދު ވިދާޅުވީ ޗާގޯސް އާއި ގުޅޭ ނިންމުންތައް ހާމަކުރުމަކީ މި ބަހުސް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް އެތައް މައުލޫމާތެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެ މައުލޫމާތުތައް ހާމަކޮށްދެއްވުމަށް ރައީސް ޞާލިހާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދިވަޑައިގަންނަވާކަމަށް ޑރ ޝަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.