ދުނިޔޭގަ ބޭއްވި އެންމެ ބޮޑު ކޮންސެޓް ފޯޓްނައިޓް ގޭމްގައި ބާއްވައިފި

07 Feb 2019 | 11:45

ގޭމްކުޅުމަށް ލޯބިކުރާ ޒުވާނުންގެ މެދު މަޤްބޫލުކަން ހާޟިލްކޮށްފައިވާ "ފޯޓްނައިޓް" އިން ފާއިތުވި ހަފްތާ ބަންދު ތެރޭ ވަނީ ދުނިޔޭގެ ރެކޯޑެއް މުގުރާލާފައެވެ. 10 މިލިއަން ކުޅުންތެރިންނާއެކު މަޝްހޫރު ޒުވާން ޑީޖޭ "މާރޝްމެލޯ" ވަނީ ފޯރޓްނައިޓް ގޭމް ތެރެއިން މިޔުޒިކް ޝޯ އެއް ބާއްވާފަައެވެ.

ގޭމުގެ ކުޅުންތެރިން ޝޯގެ ސަރަހައްދުގައި އެކި ހަރަކާތްތައް މެދުވެރިކޮށް މާރޝްމެލޯއަށް ތަރުހީބު ދޭން ގިނަ ވަގުތުތަކެއް ހޭދަކުރިއިރު، މީހުން މި ޝޯ ސިފަކޮށްފައިވަނީ ގޭމް ކުޅުންތެރިންނަށް ޙާއްސަ "ސުޕާރބޯލް" ޝޯ އެއްގެ ގޮތުގައެވެ.

ފޯޓްނައިޓް ގެ "ޕްލެސަންޓް ޕާކް" ސަރަހައްދުގައި މާރޝްމެލޯ ކުރިއަށް ގެންދިޔަ ހުށެހެއެޅުމަކީ އެކަމަކަށް ފޯޓްނައިޓްގެ ކުޅުންތެރިން ހަފްތާއެއް ވަންފެން އިންތިޒާރުކުރި ޙާއްސަ ޝޯއެކެވެ. ގިނަ ކުޅުންތެރިން ތިބީ މާރޝްމެލޯ ރަމްޒުކޮށްދޭ ގޮތަކަށް އެމީހުންގެ ގޭމް އަވްތާރު ބަދަލުކޮށް، އުފާފާޅުކުރުމުގައި މަޝްއޫލުވެފައެވެ. ފޯޓްނައިޓްއަކީ ގިނަ ބައެއްގެ ސަމާލުކަން ހާސިލްކޮށްފައިވާ އޮންލައިން ގޭމެކެވެ.

ފޯޓްނައިޓްގައި ކުރިއަށް ގެންދިޔަ މި މިޔުޒިކް ޝޯ އަކީ ގޭމުގެ އިތުރުން މާރޝްމެލޯއަށް ފާޑުކިޔާފަރާތްތައް އަނގަބަންދުކޮށްލާ ފެންވަރުގެ ކާމިޔާބީއެކެވެ. 10 މިލިއަން ކުޅުންތެރިން އެކި ގޮތްގޮތަށް ފޯޓްނައިޓް ގެ ސާރވާރ ތަކުން އެއްތަންކޮށް، މިޔުޒިކީ ފަންނާނެއްގެ އަމިއްލަ އުފެއްދުންތަކެއް އެއަށް އިތުރުކޮށްލުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ.

ފޯޓްނައިޓްެގެ މި އިވެންޓް ކާމިޔާބުކަމާއެކު ނިމިގެންދިޔުމުން މި ދާއިރާގެ މާހިރުން ދަނީ މިކަމުގައި ޙަރަކާތްތެރިވި ހުނަރުވެރިންނަށް ތަޢުރީފްކުރަމުންނެވެ. އަދި މި އާދަޔާ ޚިލާފު އިވެންޓުގެ ޚަބަރު މީސް މީޑިއާގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

Advertisement

ކޮމެންޓް