އެމް.އާރް.އެމް ގެ ރައީސް ފާރިސް މައުމޫން އަދި އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލް ގައްޔޫމް---ފޮޓޯ: މިހާރު
ހަބަރު
18 May 2023 | 10:22
ޗާގޯސް މައްސަލައިގައި ދިވެހި މަސްވެރިންނަށް ލިބުނީ ދެރައެއް: އެމްއާރްއެމް

ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ މައްސަލައިގެ ނިންމުމަކީ ދިވެހި މަސްވެރިންނަށް ލިބުނު ދެރައެއް ކަމަށް އެމް.އާރް.އެމްއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެ ޕާޓީއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށް ބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ، ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި އެމް.އާރް.އެމްއިން ނުދެކޭ ކަމަށެވެ.

އެގޮތުން މި ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިޤްތިޞާދީ އެތައް ފައިދާ ތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމަކަށް ވުމުން މިއީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި އެމް.އާރް.އެމްއިން ދެކޭ ކަމަށް އެ ޕާޓީއިން ބުނެފައިވެއެެވެ.

މިއާއިއެކު ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއް ކަމަށާއި ކުރީގެ ސަރުކާރުތަކުންވެސް އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި، ފޯޅަވަހި މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަޙައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށް އުނިކަން ލިބޭނެތީ ކަމަށް އެމް.އާރް.އެމްއިން ބުނެފައިވެއެވެ.

އަދި މިމައްސަލަ ނިމިގެން ދިޔަގޮތުން މިހާރު މިވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައިއޮތް މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭގޮތަށް ކަމަށް ވެސް އެޕާޓީއިން ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމް.އާރް.އެމްއިން ބުނެފައިވަނީ މިނިންމުމުގެ ސަބަބުން އުނިވެގެން ދިޔައީ ދިވެހި މަސްވެރިން މަހަށް ނިކުމެ އުޅޭ ކަނޑުގެ ބައެއް ކަމަށް ވުމުން، މިއީ އިއާދަ ނުކުރެވޭވަރުގެ ދެރައެއްކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ދެކުނު ސަރަޙައްދުން ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެން ދިއުމާއެކު، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ހީނަރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، މި މައްސަލަ ނިމިގެން ދިޔަ ގޮތުން ވާދަވެރި ހަރަކާތްތައް އިތުރުވެ ސަރަޙައްދު ބެލެހެއްޓުމުގެ އަގު ބޮޑުވެ، އެ ސަރަޙައްދުގެ ކަނޑާއި ބިމުއަޑީ ތަހުލީލުތައް ކުރުމާއި ކަނޑުވެށި މޮނިޓަރުކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ.

އަދި އުނިވެގެން ދިޔަ ސަރަޙައްދުން މުސްތަޤްބަލުގައި ރާއްޖެއަށް ލިބޭނެ މަންފާތައް ގެއްލިގެން ދިޔަކަން ފާހަގަކޮށް، މި ސަރަޙައްދުގެ ކަނޑުންނާއި ބިމުއަޑީން ލިބެން ހުރި ސީފުޑާއި ނާދިރު މަޢުދަނާއި، ބޭސްފަރުވާގެ އުންސުރުތައް ފަދަ މަޢުދަނީ މަންފާގެ ފުރުސަތު ގެއްލޭ ކަމަށްވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ހަމަ އެއާއެކު، މި ސަރަޙައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން ދެޤައުމުގެ މަސްލަޙަތު ބެލެހެއްޓުމުގެ ޚާރިޖީ އަގު (މާއްދީ އަދި ސިޔާދަތީ އަގު) ވަޒަންނުކުރެވޭ މިންވަރަށް ބޮޑުވުމާއި، މައްސަލައިގެ ބާވަތުން ދާޚިލީ ހަމަނުޖެހުން އިތުރުވެ، އޭގެ ދިފާޢީ އަގު ބޮޑުވެގެން ދާނެ ކަމަށް އެމް.އާރް.އެމްއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ސްޓްރެޖިކް ބެލެންސް ގެއްލި، ސަރަޙައްދުގައި ދެމެހެއްޓިފައިވާ އަމާންކަން ގެއްލުމުގެ ބިރުވެރިކަން އުފެދުމާއި، ޤައުމީ އެއްބައިވަންތަކަން ރޫޅި، ބޭރުގެ އިސްތިޢުމާރީ ފިކުރަށް ޖާގަ ހުޅުވުމުގެ ފުރުސަތު އޮތުމާއި އެސަރަޙައްދުގައި މިނިވަންކޮން ހިނގަމުންދާ ޝިޕިންރޫޓް ތަކަށް ނޭދެވޭ އަސަރުތަކެއްކުރާނެ ކަމަށްވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އެމް.އާރް.އެމް އިން ވަނީ އެ ޕާޓީއިން ދެކޭގޮތުގައި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި އުޅޭ އެންމެހާއި ފަރާތްތަކާއި އަދި ޖުމްލަކޮށް ދިވެހިންގެ މަސްލަޙަތު އޮތްކަމަށްވާއިރު، މިދެންނެވި ފަރާތްތަކައި މަޝްވަރާކުރެވިގެން ނޫނީ މިހާހިސާބަށް ގޮސްގެންވާނެ ކަމެއް ނޫން ކަމަށާއި، މި މައްސަލަ ނިމިގެންދިޔައިރު މިކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހިމެނިފައި ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުން، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވާއިރު މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައި ނެތް ކަމަށް އެމް.އާރް.އެމްއިން ވަނީ ފާހަގަކޮށްފައެވެ.

ކަން މިހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުކޮށް ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ ހަޤީޤަތް ރައްޔިތުންނަށް އެނގިފައިނުވުމަކީ، އަދި އެސިޓީގައިވާ އެއްޗެއް ހާމަކުރުމަށް އިޢުތިރާޒު ކުރަމުން ގެންދިއުމަކީ އޭގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭކަމެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އެހެންކަމުން މިކަމާ ގުޅޭ ސައްޚަ މަޢުލޫމާތު ފޯރުކޮށްދީފައި ނުވުމާއި، މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމް.އާރް.އެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޕާޓީއިން ވަނީ ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް ކުޑަވެސް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނެ ކަމަށް ފާހަގަކޮށް، އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމަވާފައިވާނަމަ އެ ނިންމުމެއް ބަދަލުކުރެއްވުމަށާއި ރައްޔިތުންގެ ހައްޤުގައި މިމައްސަލަ އިސްތިޢުނާފުކޮށް، ދިވެހިންގެ މަސްލަޙަތަށް އިންސާފުވެރި އުސޫލަކުން ސަރަޙައްދު ބެހުމަށް ގޮވާލައިފައެވެ.

މިއާއިއެކު ވަކިބަޔަކު ސިޔާސީ މަޤްޞަދު ޙާސިލުކުރުމަށް ރައްޔިތުންގެ ތެރޭގައި މަސްލަޙަތު ގެއްލޭގޮތަށް "ކަނޑު ވިއްކާލުން" ފަދަ ސާބިތު ނުހިފޭވާހަކަ ދެއްކުމުން މިކަމަށް ރައްޔިތުންދޭ އަހައްމިޔަތު ކުޑަވާ ކަމަށާއި މިފަދަ ޢަމަލުތަކުގެ ސަބަބުން މައްސަލަ ކާމިޔާބުކުރުމަށް އުނދަގޫ ވާނެކަމަށް އެ ޕާޓީއިން ގަބޫލުކުރާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިމައްސަލައަކީ ސިޔާސީ މައްސަލައަކަށް ނުވާއިރު، ބައެއް ފަރާތްތަކުން މިމައްސަލަ ސިޔާސީ މައްސަލައެއްގެ ގޮތުގައި ނަގަމުންދާކަން ހިތާމައާއެކު ފާހަގަކޮށް، ޤައުމީ މަސްލަޙަތު ހިމެނޭ މިފަދަ ކަންކަން ސިޔާސީކުރުން ހުއްޓާލުމަށް އެމް.އާރް.އެމް އިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ހީލާ
ދެރަވަނީ މަސްވެރިންނަށް ނޫ ތިދެފުއްކެހެރިންނައް
18 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.