ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން---ފޮޓޯ: ރައްޔިތުންގެ މަޖްލިސް
ހަބަރު
18 May 2023 | 12:12
އެމްޑީޕީ މިހާރު ހިނގަމުން ދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ދިމާ އިދިކީލަކޮށް: ޝިޔާން

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީ، މިހާރު ހިނގަމުން ދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ދިމާ އިދިކީލަކޮށް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީއިން ވަކިވެއްޖެކަމަށް އިއުލާންކޮށް އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝިޔާން ވަނީ އެމްޑީޕީގައި 16 އަހަރު މެދު ނުކެނޑި އިހްލާސްތެރިކަމާއިއެކު މަސައްކަތް ކުރުމަށްފަހު އެ ޕާޓީއިން ވަކިވެފައިވަނީ ޕާޓީ އުފެއްދި އަސާސްތަކާއި ދިމާ އިދިކީލަކޮށް މިހާރު ޕާޓީ ހިނގަމުން ދާތީ ކަމަށް ވިދާޅުވެފައެވެ.

މިއާއިއެކު ސިޔާސީ މަސައްކަތުގައި އަނެއްކާވެސް ކުރިއަށް ދާނީ އެއަސާސްތައް ނަގަހައްޓާ ދަމަހައްޓާ ބަޔަކާއިއެކު ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. އަދި މި މަސައްކަތް އިރާދަކުރެއްވިއްޔާ ހުއްޓާ ނުލާނެ ކަމަށް ވެސްް ޝިޔާން ވިދާޅުވިއެވެ.

ޝިޔާންގެ އިތުރުންވެސް ފިކުރެއްގެ ދިރުން ގޮތްޕަށް ނިސްބަތްވާ 11 މަޖްލިސް މެމްބަރުން ވަނީ އިއްޔެ އެމްޑީޕީއާއި ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށް އިއުލާންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި މެމްބަރުންނާއިއެކު އެމްޑީޕީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޕާޓީން އިސްތިއުފާދެއްވާފަ އެވެ. 

އެގޮތުން އެމްޑީޕީގެ ނައިބު ރައީސް އަޙްމަދު ޝިފާޒުގެ އިތުރުން އެ ޕާޓީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި އެމްޑީޕީ މެނިފެސްޓޯ އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. 

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއިން ނިކުމެ ވަޑައިގެން އުފައްދަވާ އެ ސިޔާސީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.