ކަމިޝަނާ އޮފް ޕްރިޒަން ޖަލަށް ޒިޔާރަތްކުރައްވަނީ/ ފޮޓޯ: ޕްރިޒަން
ހަބަރު
20 May 2023 | 16:42
ކޮންމެ ޤައިދީއަކަށް މަހަކު 20000 ރ ހޭދަވޭ: ކޮމިޝަނާ

މިދިޔަ އަހަރު އެވްރެޖުކޮށް ކޮންމެ ޤައިދީއަކަށް 20000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކަމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެ އެވެ. 

ކޮމިޝަނަރ މިހެން ވިދާޅުވީ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރު އެސާރވިސްއަށް ކަނޑައަޅާފައިވާ ބަޖެޓުން ކޮންމެ ޤައިދީއަކަށްވެސް ބޮޑު ޚަރަދެއް ހިނގާފައިވާކަމަށެވެ. ޚާއްޞަކޮށް ކޮންމެ ޤައިދީއެއް ވެސް އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތަށް ކުރަންޖެހޭ ހޭދަ ބޮޑުކަން ކޮމިޝަނަރު ފާހަގަކުރެއްވި އެވެ. 

"ވޭތުވެދިޔަ އަހަރުގެ ބަޖެޓަށް ބަލާއިރު، ކޮންމެ ޤައިދީއެއްގެ މައްޗަށް 20000 ރުފިޔާ ޚަރަދުކުރެވިފައިވޭ. މީގެން ދައްކުވައިދެނީ ދައުލަތުން މިކަމަށް ކުރާ ހޭދަ. އެހެންކަމުން އަޅުގަނޑުމެން މިކުރާ މަސައްކަތުން ހެޔޮ ބަދަލެއް ގެނެވޭތޯ މަސައްކަތްކުރަންޖެހޭ."

ކަމިޝަނާ އޮފް ޕްރިޒަން އަޙްމަދު މުޙައްމަދުފުޅު

ޖަލުތަކުގައި ތިބި ޤައިދީންގެ މައްޗަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ޖަލު އޮފިސަރުންގެ ފަރާތުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ވަނީ ޖަލުތަކުގެ އޮޑިޓެއް ހަދާފައެވެ.

މިއޮޑިޓުން ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް މިވޭތުވެދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން ޖަލުތަކަށް ބޭނުންވާ އިންސާނީ ވަޞީލަތާއި ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.