ދި ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
21 May 2023 | 16:44
ޕާޓީގެ އެންމެ މުހިންމު މަގުސަދަކަށްވާނީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނައުން: ދި ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދަވާ އައު ސިޔާސީ ޕާޓީ "ދި ޑިމޮކްރެޓްސް"އިން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނެސް، އިގްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވަން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ތަރުޖަމާނު، އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އެއް އަސާސަކަށް ވާނީ ވީހާވެސް ގިނަ ފަރާތައް ބައިވެރި ވުމާއި ބައިވެރި ކުރުން ކަމަށެވެ. 

"އެންގޭޖްވާނެ، އެންގޭޖް ކުރާނެ އަދި އެހެން މީހުންގެ އެންގޭޖްމަންޓް ހޯދާނަން. ނަން ހުށަހެޅުމަށް ވެސް ހުޅުވާލީ އެގޮތުގެ މަތިން. ވަކި ޕާޓީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަންޏެއް ނޫން. އެންމެންނަށް ހުޅުވާލައިގެން،" އަފްޝަން ވިދާޅުވިއެވެ.

މިއާއެކު އަފްޝަން ވިދާޅުވީ އެ ޕާޓީއަށް ނަން ހުށަހެޅުމަށް ހުޅުވައިލުމުން ތަފާތު 233 ނަން ލިބުނު ކަމަށެވެ. އަދި، އޭގެން 53 އިންސައްތަ ނަމުގައި ކޮންމެވެސް ގޮތަކަށް 'ޑިމޮކްރަސީ' އެ ބަސް ބޭނުން ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެހެން ކަމުން ރައްޔިތުން އެ ޕާޓީގެ ފަރާތުން އެންމެ އެދޭ ކަމަކީ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކޮށް، ވަރުގަދަ ކުރާނެ ޕާޓީއަކަށް އެ ޕާޓީވުން ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއާއެކު އަފްޝަން ވިދާޅުވީ، އެ ޕާޓީގެ މުޅި އޮނިގަނޑު ވެސް ހެދިގެންދާނީ ޑިމޮކްރަސީ އުސޫލު ތަކުން ކަމަށެވެ. އެގޮތުން، ޕާޓީގެ މަގާމުތަކާއި އަސާސްތައްވެސް، އަދި ސިޔާސަތު ތައްވެސް އެކުލަވާލެވޭނީ އެ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަފްޝަން އިތުރަށް ވިދާޅުވީ ޕާޓީގެ އެންމެ މުހިންމު ކަމަކަށް ވާނީ ރައްޔިތުން އިގްތިޞާދީ ގޮތުން ބާރުވެރިކޮށް، ލާމަރުކަޒީ ގޮތެއްގެ މަތިން ޕާޓީ ހިންގޭނެ ނިޒާމެއް ޔަގީން ކުރުން ކަމަށެވެ. އަދި، އެ ޕާޓީގެ އަސާސްތަކަކީ ރައްޔިތުން ބަލައިގަންނަ އަސާސްތަކަކަށް ހަދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ޑިމޮކްރަސީ ހަރުދަން ކުރުމުގެ ތެރެއިން ރައްޔިތުންނަށް އިކޮނޮމިކް އެމްޕަވަރމަންޓް. ދެން ޖީބަށް ތަނަވަސްކަން. ބާއްޖަވެރިކަން. އިގްތިސާދީ ފައިދާ. އެކަންތައްތައް އިތުރު ކޮށްދިނުމުގެ އިތުރުން، ލާ މަރުކަޒީ ކޮށް ޕާޓީ ހިންގޭނެ ސްޓްރަކްޗަރ އެއް ޔަގީން ކުރުމާއި، އަޅުގަނޑުމެން ގަބޫލުކުރާ އަސާސްތައް އެއީ ރައްޔިތުން ގަބޫލުކުރާ އަސާސްތަކަކަށް އަލުން ރުޖޫއަ ކޮށްދިނުން." 

އަފްޝަން ލަތީފު

ދި ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން އުފައްވާ ޕާޓީއެއް ނަމަވެސް އެ މަނިކުފާނު އަދިވެސް އެމްޑީޕީގައި ހުންނެވުމުގައެވެ. އަދި އެމަނިކުފާނު އެމްޑީޕީ ދޫކުރައްވައި އައު ޕާޓީއާއި ގުޅިވަޑައިގެންނަވާނެ އިރެއް ނޭނގޭ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ. 

ކޮމެންޓް
ނާނާހުވަފެން
ދުށީމޭ “ ކިލަނބު ނަގާ މަތިންދޮރު ބިލަކަޅު ކަނޑުމަސް ފުމޭތީ” ޔައުނީ - ގޭ ދޮރުމަތިން ކަޅުބިލަމަސް ފުމޭތީ” ދުށީމޭ ނާނާ ހުވަފެން….ލަފާކަމަކަށް ވެދާނޭ ހޭ ހަފާ މާރިނދަ ގޮވާތީ…
21 May 2023
ބޮޑި ސިއްކީމް
ރައްޔިތުންގެ ޖީބަށް ބޮޑުކުރާނެ ވެރިޔަކު ދުވަހަކުވެސް ނާންނާނެ.
21 May 2023
ބޮޑުވަޒީރު
ކަލޭމެންގެ ޖީބަށް ބޭނުންބިވަރަށް ނޭޅިގެން ދިޔަބަޔަކު ކޮންރައްޔިތަކާދޭތެރޭ ވިސްނާނީ. މިއަދު ރައްޔިތުންނަށް އެނގިނިމިއްޖެ ރޫޙާނީ ލީޑަރ ގެ އެދުންވެރިކަން
22 May 2023
ލަތީފު
ރައިޔެތުންގެ ލާރިކެވޭވަރުމަދުވެގެން ގިނައިން ރަިޔެތުންގެލާރިކެވޭނެގޮތެއް ތިހޯއްދެވީ
22 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.