މެމްބަރު ނިހާދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
21 May 2023 | 22:22
ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނަނީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން: ނިހާދު

ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. 

ނިހާދު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު އޮތް ތަނެއްކަމަށް ސަރުކާރުން ގަބޫލުކޮށް ސިޓީ ފޮނުވީ ޤަވައިދާއި ޚިލާފަށްކަމަށް ބުނެ އެކަމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅި މަސައްކަތް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ނިހާދު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ވާ ހިސާބުން ރާއްޖޭގައި ފައްޅި އެޅުން ހުއްދަކުރަން މަޖުބޫރުވާނެ ކަމަށެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ރާއްޖޭގެ ބައެއް ގެއްލިއްޖެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަމުންދަނީ ރާއްޖޭގައި ދީނީ މިނިވަންކަން ހޯދައިދިނުމުގެ ނުބައި މަޤްސަދުގައިކަމަށް ނިހާދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ޗާގޯސް ވާހަކައަކީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއް. ޗާގީސް ރާއްޖޭގެ ތަނަކަށް ވާ ހިސާބުން ފައްޅިއަޅަން ހުއްދަދިނުމަށް މަޖުބޫރުވާނެ. އެ ނުބައި މަޤްސަދުގައި ރާއްޖެއިން ބައެއް ގެއްލިއްޖެއޭ ކިޔައި ދައްކާ ވާހަކަ ހުއްޓާލަން ޖެހޭ"

މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު 

ނިހާދު ވަނީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނެ ވާހަކދެއްކުން ހުއްޓާަލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީންކަމަށް އޭނާ ވިދާޅުވި އެވެ. 

ޗާގޯސްގެ ސިޔާދަތު ލިބިގެންވަނީ މޮރިޝަސްއަށްކަމަށް ކަމަށް އެއްބަސްވެ ދިވެހި ދައުލަތްތަކުން ޒަމާނުއްސުރެ ދަމަަހައްޓަމުން އައި ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ބުނަމުން ދަނީ ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. 

ރާއްޖޭގެ އިން ކަނޑައެޅުމާއި ގުޅޭގޮތުން އިޓްލޮސްގައި އޮތް މައްސަލަ ނިމިގެން ދިޔައިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބިގެން ދިޔައީ ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅުގެ ސަބަބުންކަމަށް ވެސް "ކަނޑު ވިއްކާލުމާއި ދެކޮޅު" އިއްތިހާދުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ނިހާދު އެކަން މާނަކުރައްވާފައިވާ ގޮތަށް، ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭނެކަމަށް ޗާގޯސް މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވާ އެއްވެސް ފަރާތެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.