ހަސަން ލަތީފު ރައީސް ޞާލިހުގެ އަރިހުގައި/ ފޮޓޯ: ހަމަ
ހަބަރު
21 May 2023 | 22:28
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުރިހާކަމެއް ކުރީ ރައީސް ނަޝީދަށް އެނގިގެން، ފެނިގެން: ހަސަން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ ރައީސް މުޙައްމަދު ނަޝީދުގެ ލަފާފުޅު ހޯއްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ އަދި އެމަނިކުފާނައި އަރިސް ގިނަ ބަޔަކު ޕާޓީ ދޫކުރައްވާ ވަޑައިގެންނެވިއިރު ރައީސް ނަޝީދު އެމްޑީޕީގައި މަޑުކުރެއްވީ ކޮން ސަބަބަކާއި ހުރެތޯއާއި، އާ ސިޔާސީ ޕާޓީއެއް އުފެއްދީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯއްދަވާ ދިނުމުގެ ބޭނުމުގައިތޯ އައްސަވާ ވީ ޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއިން ވަކިވި މެމްބަރުންނަކީ ސިޔާސީ ކަންކަމުގައި ރައީސް ނަޝީދުގެ ލަފާފުޅާއި އިރުޝާދު ހޯއްދަވައިގެން މެނުވީ އެއްވެސް ކަމެއް ކުރައްވާ ބޭފުޅުންނެއް ނޫން ކަމަށެވެ. 

އެގޮތުން ޕާޓީން އިސްތިއުފާދިނުމާއި، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ މަސައްކަތް ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ލަފާފުޅު ހޯއްދަވައިގެން ކަމަށެވެ. 

"އަޅުގަނޑު އަރުވާ ޔަގީންކަމަކީ އަޅުގަނޑުމެން، އެއީ އެމްޑީޕީން ވަކިވި 12 މެމްބަރުން ނަމަވެސް ނުވަތަ ބޮޑުފެންވަޅުގޭގައި އަޅުގަނޑުމެން މި މަސައްކަތްކުރާ ޓީމުކަމުގައި ވީ ނަމަވެސް އަޅުގަނޑުމެން އެކަކުވެސް އަޅުގަނޑުމެންގެ ސިޔާސީ ކުރިމަގު، ސިޔާސީގޮތުން މިހާތަނަށް ކުރެވިފައި ހުރި ކަންކަން ޚާއްސަކޮށް މި ފަހުގެ ތާރީހުގައި، ކުރެވިފައި ހުރި ކަންކަމަކީ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމާއި، އެނގިވަޑައިގަތުމުގެ ބޭރުން ކުރެވިފައި ހުރި ކަމެއް ނޫން. ހަަމަ އެއްވެސް ކަމެއް ނުކުރަން އަޅުގަނޑުމެންނެއް"

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު

އޭގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ނަޝީދު ވަޑައިގެން "ދަ ޑިމޮކްރެޓްސް" އާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެއީ އެ މެމްބަރުން ވަރަށް ބޮޑަށް މަރުހަބާ ދަންނަވާނެ ކަމެއްކަމަށެވެ. 

އަދި ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ޝައުގުވެރިކަން ނަޝީދު ގެންގުޅުއްވާނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށާއި، އެ ޕާޓީ އުފެއްދުމަށްޓަކައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ނަޝީދަށް އެކަމުގައި އެހީތެރިވެ ދެއްވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ނަޝީދު އެމްޑީޕީގައި ހުންނަވާ ސަބަބު ހަސަން ލަތީފު ހާމަކުރައްވާފައެއް ނުވެއެވެ. އަދި އޭނާ ވަނީ ކަނޑައެޅިގެން ރައީސް ނަޝީދާއި ގުޅުންހުރި ކަންކަން އެމަނިކުފާނުގެ އަރިހުން ސާފުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
އިއްބެ
އެމްޑީޕޯއޮފީހުގައިންހައިދުވަު ވެސްހަސަންލަތީފުހެދީދޮގުމިއަދުވެސްހަދަނީިދޮގު
21 May 2023
ޙަސަނު
Anni buni gotheh hadhan jeheyni
22 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.