ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: މަޖިލިސް
22 May 2023 | 13:56
ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އެނގުނީ ވައުދު ނުފުއްދާކަން؟: ޣަފޫރު

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދާކަން އެނގުނީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސުވާލުކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާނު ހުށައަޅުއްވާފައިވާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ ހުށައެޅި ޤަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީން ވަކިވެގެން ދިޔަ ގިން މެމްބަރުން ވަނީ ދަނޑުވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރު ފެއިލްވެފައިވާކަމަށް ވިދާޅުވެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

އެ ޤަރާރު ހުށައެޅުއްވި މެމްބަރު ޝިޔާނު، ވާހަކަ ފައްޓަވަމުން ވެސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދަނޑުވެރިންނަށް ވީ ވައުދުތައް ފުއްދާދީފައި ނުވާކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަނޑުވެރިން އޭގެ ޖަވާބު ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެއްވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނުވެސް ވަނީ އެ ވާހަކަތައް ހަމަ އެ މޭރުމުން ތަކުރާރުކުރައްވާފަ އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެގްރޯނެޓް ކިޔާ ކުންފުންޏެއް ހަދައިގެން ސަރުކާރުން ވައްކަން ކުރަމުންދާކަމަށެވެ. އެ ކުންފުނި މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތައް މާކެޓުކުރުމުގެ ބަދަލުގައި އެކި ރަށްރަށުގައި ވަޒީފާތައް އުފައްދައިގެން ކުރާ ހަމައެކަނި ކަމަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުންކަމަށް ފިރުޝާނު ތުހުމަތުކުރެއްވި އެވެ. 

އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުންނަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު ވަނީ ރައްދުދެއްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުން ވައްކަން ކުރާކަމަށާއި، ސަރުކާރަށް ވައުދު ނުފުއްދޭ ވާހަކަ މިހާ ދުވަސް ވަންދެން އެ މެމްބަރުން ދައްކާފައި ނުވާކަމަށެވެ. އަދި އޭރު އެ މެމްބަރުން އެ ވާހަކަތަށް ނުދައްކަވާ ތިއްބެވުމަށްފަހު ކުއްލިއަކަށް ސަރުކާރު ގޯސްވީ ރިޔާސީ އިންތިޚާބު ބޯމަތިވުމުންކަމަށް ޣަފޫރު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވަނީ ސަރުކާރުން ވައުދު ނުފުއްދާކަން، ނުވަތަ ރައްޔިތުންނަކީ ތިބިބައެއްކަން އެމްޑީޕީން ވަކިވި މެމްބަރުންނަށް އެނގިވަޑައިގަތީ ރިޔާސީ އިންތިޚާބު ބޯމަތިވުމުން ތޯ އައްސަވާފަ އެވެ. 

"4 އަަހަރު ވެގެން ދިޔައިރުގައި ރާއްޖޭގައި ރައްޔިތުން ނޫޅެނީ ތޯ؟ އެބޭފުޅުންގެ ވާހަކަ މިބޭފުޅުންނަށް ކީއްވެ ތޯ ނުދެއްކުނީ؟ އިންތިޚާބަކަށް 3 މަސް ދުވަހަށް ވީމަތޯ ރާއްޖޭގެ ރައްޔިތުން އުޅޭކަން މިބޭފުޅުންނަށް އެނގިގެން މި އުޅެނީ؟"

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ވަރަށް ފުރިހަމަޔަށް ފުއްދަމުންދާ ކަމަށެވެ.

ސަރުކާރު ފަޅީގައި 4 އަހަރު ތިއްބެވުމަށްފަހު ރިޔާސީ އިންތިޚާބަށް ކުޑަތަންވުމުން، ސަރުކާރާއި ދެކޮޅަށް ނިކުމެ މަސައްކަތް ކުރަން ފެށި ސަބަބު ރައްޔިތުންނަށް ސާފުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ހަމައެހެންމެ، މިއަދު ސަރުކާރު ބަދުނާމުކުރަން އެމްޑީޕީން ނިކުތް ފަރާތްތަކުން ވާހަކަދައްކަމުންދަނީ ނިޔަތުގައި އިޚްލާސްތެރިކަމެއް އޮވެގެން ނޫންކަން ވެސް ރައްޔިތުންނަށް ސާފުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
މުޖުތާޒު
ބަލަތި އަބުދުލް ޢަފޫރަށް ނޭގެނީބާ ގައުމަށް ޢަށްދާރުވެފަ ވައުދުނުފުއްދާކަން ތިވަރުމީހުން ރައްޔިތުންގެ މަޖިލީހުގަ ނުތިބުން ރަގަޅުވާނީ ހަމަބުއްދީގަބާ ހުރީ
24 May 2023
ބާލައާދަނު
އީވާއަށް އިބޫ ކަމުނުދިޔައީ ރައީސް ނަޝީދު ފަރުވާއަށް ޖަރުމަނުގަ ހުރި އިރު އެއްވެސް ވަރަކަށް ނުގުޅީމަ ކަމަށް ވަނީ. އަޅުގަނޑުގެ ސުވާލަކީ އެއީ ޤައުމީ މައްސަލައެއް ހޭ، ސިޔާސީ މައްސަލައެއް ހޭ ނޫނީ ޕާސަނަލް މައްސަލައެއް ހޭ.
25 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.