ރާއްޖޭގެ އާމްދަނީ 30 ބިލިއަން ރުފިޔާއަށް ގެންދާނަން: ރައީސް ޞާލިހް

07 Feb 2019 | 11:45

ރާއްޖޭގެ އާމްދަނީ 30 ބިލިއަން ރުފިޔާއަށް ގެންދާނެ ކަަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީސް މިއަހަަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބާޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ލިބެމުން އަންނަ ކުރިއެރުމާއެކު މިއަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި އެއީ ފާއިތުވި އަހަރާއި އަޅާބަލާއިރު 7.8 އިންސައްތަ އިތުރު އަދަދެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.

މީގެ އިތުރުން އާމްދަނީގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާނީ ކުރާނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅާގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަނަށް އަރާނެކަމަށްެވެސް ރައީސް ވިދާޅުވިއެވެ.

އަދި މިހާރުގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، މިއަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި، ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރުކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ރިޒާވު އެއް ބިލިއަނަށް ގެންދިޔުމަކީ މި ސަރުކާރުގެ އަމާޒުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް