އީޕީއޭގެ "ތިމާވެށި" އުޅަނދު އިންޑިޔާގެ ކުލަތަކުން ޖަރީކޮށްފައި
ހަބަރު
22 May 2023 | 16:08
އީޕީއޭގެ "ތިމާވެށި" ބޯޓު، އިންޑިއާގެ ކުލަތަކާއި ހިންދޫއިންގެ އަޅުކަމާއިއެކު އިފްތިތާޙް ކޮށްފި

ރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ބަންނަ، މޮނިޓަރިން އެންޑް ރީިސާޗް އުޅަނދު "ތިމާވެށި"، އިންޑިއާގެ ދިދަތަކާއި، ހިންދޫއިންގެ އަޅުގަކަމާއިއެކު އިފްތިތާޙް ކޮށްފި އެވެ. 

އާއްމުކޮށް އިންޑިއާގެ އަޅުކަންތަކުގައިވެސް ބޭނުންކުރާ މަލާއި، އެ ގައުމުގެ ދިދައިގެ ކުލަތައް ހިމެނޭ ފުއްޕާހަންތަކުން ޖަރީކޮށްފައިވާ ރާއްޖޭގެ "ތިމާވެށި" އިފްތިތާހު ކޮށް ދެއްވީ ގޯއާގެ ޗީފްމިނިސްޓަރު ޑރ ޕްރޮމޯދު ސާވަންތެވެ.

މި ބޯޓު އިފްތިތާޙް ކޮށްފައިވަނީ ހިންދޫއިންގެ ދީނީ އަޅުކަމެއްގެ ގޮތުގައި އޮންނަ ގޮތަކަށް ކާށި ފެޅުމަށްފަހުގައެވެ.

ކާށި ފެޅުމަކީ އާއްމުކޮށް ހިންދޫއިންގެ އަލަށް ކަމެއް ފަށާއިރު، ނުވަތަ އިފްތިތާޙް ކުރާއިރު ދީނީ ގޮތުން އެމީހުން ކޮށް އުޅޭ އަޅުކަމެކެވެ. ކާށި ފެޅުމަށްފަހު އެ މީހުންވަނީ އެ މީހުން ކަލާނގެއެއް ކަމަށްބަލައިގެން އުޅޭ ކަލާނގެ އެއްގެ ނަން ކިޔައި، މަތިވެރި ކުރުމަށް ގޮވާގޮވެލިވެސް ގޮވާފައެވެ. 

މިފަދަ ގޮތަކަށް މި ދޯނި އިފްތިތާހްކޮށް މޫދަށް ބަލާފައިވާ އިރު، މިއީ ރާއްޖެއަށް ވޯލްޑް ބޭންކުން ދީފައިވާ 15 މިލިއަން ރުފިޔާގެ އެހީގައި ބަނދެފައިވާ އުޅަނދެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

މި މޮނިޓަރިން ރިސާޗް އުޅަނދު ބަނުމުގެ ޕްރޮޖެކްޓް ބިޑް ކާމިޔާބުކޮށް އުޅަނދު ބަނދެފައި ވަނީ އިންޑިއާގެ ގޯއާގެ ވިޖޭ މެރައިން ޝިޕްޔާޑުންނެވެ. މި މަސައްކަތާ ވިޖޭ މެރައިން ހަވާލުވީ 2020 ގައެވެ.

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ " "ތިމާވެށި" ބާލައި ދިދަ އެލުވައިގެން އިންޑިއާ ގޯއާގެ ނޫސްތަކުގައި ޖަހައިގެން އެބަ އުޅޭ،" ކަމަށާ އީޕީއާއި އޭތި ހަވާލުވާނީ ރާއްޖެ ގެނައުމުން ކަމަށެވެ. އަދި "ރާއްޖެއަށް ގެންނަވަރަށް އެ އުޅަނދު ނުނިމޭތީ" އީޕީއެއަށް ލިބޭނެ ދުވަހެއް ދަންނަވާން ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
އައިމިނަ
ދެން ރާއްޖެ ގެނެސް އަލުން މާލޫދު ކިޔަވާފައި ގާދޫކޮލުން ވައްދާނީ ނޫނިއްޔާ ފާތިހާ ކިޔަވާފައި ވާދޫ ކަނޑަށް ފެއްތީމާ ނިމުނީ ނޫންހެއްޔެވެ! ޖާހިލުކަން ހައްދުން ނައްޓާފައެވެ.
22 May 2023
ކާލިގަނޑުވަރު
އަދިވެސް ދިވެހިން ހޭއަރާކަށްނުވޭ؟؟؟؟
22 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.