ނަކައި އަލިމަތާ ރިސޯޓް -- ފޮޓޯ/ ޕީއެސްއެމް
ހަބަރު
23 May 2023 | 13:27
މޫދަށް ކުނިއެޅުމުން އަލިމަތާ ރިސޯޓު ތިންލައްކައިން ކުރި ޖޫރިމަނާ 45 ހާހަށް ކުޑަކޮށްފި

މޫދަށް ކުނިއެޅުމުން ވ. ނަކައި އަލިމަތާ ރިސޯޓު ތިންލައްކައިން ކުރި ޖޫރިމަނާ 45 ހާހަށް ކުޑަކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ، ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު އަލިމަތާ ރިސޯޓް 312,750.00 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަލިމަތާ ރިސޯޓް ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެން، މައްސަލަ ބެލުމަށްފަހު ޖޫރިމަނާ އިސްލާހު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން، އީޕީއޭއަށް އަންގާފައި ވާކަމަށް އީޕީއޭއިން ބުންޏެވެ.

އަދި އަލިމަތާ ރިސޯޓުން 2-3 މަސްދުވަހުގެ މުއްދަތަކަށް ގަވާއިދާ ޚިލާފަށް ކަނޑަށް ކުނިއަޅާފައިވާކަން ކަށަވަރުވާނެފަދަ ލިޔެކިޔުމެއް ނެތުމާއި އަދި މިއީ ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ގަވާއިދު ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ ޚިލާފުވެގެން ފިޔަވަޅު/ޖޫރިމަނާ ކަނޑައެޅޭ ފުރަތަމަ ފަހަރު ކަމަށް ވުމާއެކު، ޖޫރިމަނާ އިސްލާހު ކުރީ ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން އަލިމަތާ ރިސޯޓު ޖޫރިމަނާ ކޮށްފައިވާ އަދަދަކީ 45,000.00 ރުފިޔާ ކަމަށާއި މި ފައިސާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އެ ރިސޯޓަށް އަންގާފައެވެ.

މީގެ އިތުރުން، މިހާރު ރިސޯޓުގައި އުފެދޭ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަޔަށް ނެތިފަނާވެދާ ކުންޏާމެދު ޢަމަލުކުރާ ގޮތަކީ ކޮބައިކަމާއެކު ކުނި މެނޭޖް ކުރުމުގެ ޕްލޭން ވެސް މަސް ދުވަހުގެ ތެރޭގައި އީޕީއޭއަށް ހުށަހެޅުމަށް އީޕީއޭއިން ވަނީ އެ ރިސޯޓަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.