ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު/ ފޮޓޯ: މަޖިލިސް
ހަބަރު
23 May 2023 | 23:19
ރައީސް ޞާލިހަށް ވެރިކަން ދިނީ ތަބަކަކަށް ލާފައި: ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދިވެހިރާއްޖޭގެ ވެރިކަން ދިނީ ތަބަކަކަށް ލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްުދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ޒާހިރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރެކެވެ. އޭނާ އަކީ އެމްޑީޕީއިން ނިކުމެ ވަކިވި 12 މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުނިންމާ ވާހަކައަކީ އަބަދުވެސް ދައްކަމުން އައި ވާހަކައެއް ކަމަށެވެ. 

އާރުޑީސީއާއި ހަވާލުކޮށްގެން ހިންގަމުންދާ މަޝްރޫއުތަކުން މިސާލު ނަންގަވަމުން ޒާހިރު ވިދާޅުވީ ނާގާބިލު ފަރާތްތަކަށް މަޝްރޫއުތައް ދެނީ ސަރުކާރުގެ ދިފާއުގައި އެމީހުން ލައްވާ މަސައްކަތް ކުރުވުމަށް ކަމަށެވެ. 

މި ވެރިކަމަކީ ރައީސް ޞާލިހަށް ތަބަކަކަށް ލާފައި ބަޔަކު ދިން ވެރިކަމެއް ކަމަށާއި، ވެރިކަމުގެ ލައްޒަތު ލިބިވަޑައިގަތުމުން އެމްޑީޕީގެ އަސާސްތައް މުގުރާފައި ނަމަވެސް އެމަނިކުފާނު މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެއް ހޯއްދަވާ ވެރިކަމުގައި ދެމިހުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ. 

"ވެރިކަމުގެ ދައުރެއް އެ ނިމެނީ ލިންކު ރޯޑު ނެހެދި. ތަބަބަކަށް ލާފައި ވެރިކަން ދިނީމާ ދެން ހަމަ ވިސްނޭނީ ދެން ކިހެނެއްތޯ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދާނީ؟ އެކަން ކުރަންވެގެން އެ އުޅުއްވަނީ"

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު 

މެމްބަރު ޒާހިރުގެ އިތުރުންވެސް އެމްޑީޕީން ނިކުމެވަޑައިގެން މެމްބަރުން ގެންދަވަނީ ރައީސް ޞާލިހުގެ ސަރުކާރުން ވައުދުތައް ނުފުއްދާކަން ފާހަގަކޮށް ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުން ނެވެ. 

އެގޮތުން މަސްވެރިންނާއި ދަނޑުވެރިންނަށް ވީ ވައުދުތައްވެސް ސަރުކާރަށް ފުއްދާދެވިފައި ނުވާކަމަށާއި، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީީޕީން ވަކިވެ ވަޑައިގެން މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ޒާހިރާ.....
ޒާހިރުގެ ދަރިން ވެސް ހައިރާންވާނެ އެއްސަބަބެއްނެތި ވަގައްގޮވާ ހަޑިބަހުން ވާހަކަދައްކަވާތީ،
24 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.