މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު/ ފޮޓޯ: މަޖިލިސް
ހަބަރު
23 May 2023 | 23:31
ރާއްޖެއަށް ލިބުނު ސަރަހައްދަކީ މީގެ ކުރިން ސިފައިންނަށް ވެސް ދެވުނު ހިސާބެއް ނޫން: ޝިފާއު

ރާއްޖޭގެ ދެކުނުގެ އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ނިމިގެން ދިޔަ ގޮތުން ދިވެހިންނަށް ލިބިގެން ދިޔަ ސަރަހައްދަކީ މީގެ ކުރިން ސިފައިންނަށް ވެސް ދެވުނު ސަރަހައްދެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝިފާއު ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ކޮށްދިން އެންމެ ބޮޑު ކަމަކީ ދެކުނުގެ އިން ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ދެކުނުގެ ސަރަހައްދަކީ ކޮބައިކަން ކަނޑައެޅިގެން ގޮސްފައިވާކަމަށާއި، މިހާރު އެ ސަރަހައްދަކީ ރާއްޖެއަށް ފުރިހަމައަށް ސިޔާދަތު ލިބޭ ސަރަހައްދަކަށް ވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

" މި ނިމިގެން ދިޔަ ނިންމުމާއެކު، އަޅުގަނޑުމެންނަށް ކަނޑުގެ ސަރަހައްދުގެ ފުރިހަމަ ބާރުވެރިކަން ލިބިއްޖެ. މިއަދު ދިވެހި ސިފައިންނަށް އެ ސަރަހައްދު ދާއަޅާ ބޯޓުފަހަރު އަޅާތޯ އާއި އެ ތަންތަނުގައި ކުރަނީ ބެލޭނެ ފުރިހަމަ ބާރުވެރިކަން ލިބިއްޖެ. މީ ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" 

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ޝިފާއު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުން މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނީވެސް ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންކަމަށެވެ. 

މި ސަރުކާރަށްވުރެ ބޮޑަށް މަސްވެރިކަމުގެ ސިނާއަތަށް ޙަރަދުކުރަމުންދާ ސަރުކާރެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ޝިފާއު ވިދާޅުވީ މި ސަރުކާރުން ވައުދު ނުފުއްދާކަމަށް ބުނާ މެމްބަރުން އެ ވާހަކަދައްކަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަން ޔަގީން ކުރެވޭތީ "ޑެސްޕަރޭޓު" ވެގެން ކަމަށެވެ. 

އެމްޑީޕީން ނިކުމެ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ނަޝީދުގެ މެމްބަރުންނަކީ ވެރިކަން ލިބި، ވެރިކަން ކުރާނެ ގޮތް ނޭނގުމުގެ ސަބަބުން ރައްޔިތުން ވޯޓުން ބަލިކޮށް އެކަހެރިކޮށްފައި ތިބި ބައެއްގެ ގޮތުގައި ޝިފާއު ވަނީ ސިފަކުރައްވާފަ އެވެ. 

ކޮމެންޓް
ހުސޭނު
އަދި ތަންކޮޅެއް ރަނގަޅައް މައުލޫމާތު ހޯދުން ބުއްދުވެރިކަމައް ދެކެން.
24 May 2023
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.