އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ/ ފޮޓޯ: މަޖިލިސް
ހަބަރު
24 May 2023 | 23:30
ރޮޒައިނާ މިއަދު ކޯފާވީ ރިޔާސަތުން ތަފާތުކުރުން ގެންގުޅޭތީ

މަޖިލީހުގެ ރިޔާސަތުން މެމްބަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި އިހުތިޖާޖުކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 4ވަނަ ޖަލްސާގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ މަޖިލީހުގައި ޤަވައިދާއި ޚިލާފަށް ރިޔާސަތުން ކުރައްވަމުން ގެންދަވާ ކަންކަން ފާހަގަކޮށް ނުރުހުން ފާޅުކުރައްވާފަ އެވެ. 

ޖަލްސާ ކުރިއަށް ގެންދިޔައިރު، ހުސްވަގުތުކޮޅަށްފަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. 

ރޮޒައިނާގެ ވާހަކަ ފައްޓަވަމުން ފުރަތަމަވެސް ވިދާޅުވީ އަފީފު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ޤަވައިދާއި ޚިލާފަށް ކަމަށެވެ. އެހެންކަމުން އަފީފު ރިޔާސަތުގައި އިންނެވީ ކޮން ސަބަބަކާއި ހުރެކަން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

"މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ރިޔާސަތުގައި ނީންނަވާކަމަށް ވަންޏާ، ނީންނަވަން ޖެހެނީ ރަނގަޅު ޤަބޫލުކުރެވޭ އުޒުރަކާއި އެކީގައި. މަޖިލީހުގެ ކުޑަދޮށުގައި އަނގަތަޅަން ތިއްބަވާފައި، މިތަނަށް އެހެން ބޭފުޅަކު ރިޔާސަތަށް ފޮނުއްވީމަ އެވާހަކަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާނެ" 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ 

ރޮޒައިނާގެ އެ ވާހަކަތައް މެދުކަނޑާލުމަށްފަހު، ރިޔާސަތުން ވަނީ އޭރު ބަހުސް ކުރެވެމުންދިޔަ އެމްޑީޕީ ވެރިކަމެއް އޮވެ އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތާއި ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފޫޒުކުރުމަށް ގޮވާލައި ހުށައަޅާފައިވާ ޤަރާރަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ރިޔާސަތުގެ އެ އެންގުމާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް ހުށައަޅާފައިވާ ގަރާރި ފެންނަނީ ބައެއް މެމްބަރުން ގަރާރުގައި ނުހިމެނޭ ވާހަކަ ދައްކަވަން ފެއްޓެވެމުން ކަމަށެވެ.

ބައެއް މެމްބަރުން ކަމާއި ނުގުޅޭ ވާހަކަތައް ދެއްކި ނަމަވެސް ރިޔާސަތުން އެ މެމްބަރުން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. 

"މާފަންނު މެދުދާއިރާގެ މެމްބަރު މިތާގައި މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ ބޮން ގޮއްވައިގެން މީހަކު މަރާލަން އުޅުނު މީހެކޭ ކިޔައިގެން އެންމެ ހުތުރުކޮށް މަރުގެ އިލްޒާމު އެޅުވިއިރު އިއްޒަތްތެރި ރައީސްއަށް އެއީ ގަރާރާއި (ޚަލާފު) ވާހަކައަށް ނުވި.. އަނެއްކަ މިއަދު ޤަރާރުގައި އޮތީ އެ ވާހަކަތޯ؟ އަޅުގަނޑުމެންނަށް ފެންނަނީ މަސްވެރިކަމާއި ބެހޭ ޤަރާރެއް. ބޮން ގޮއްވުމާއި ބެހޭ ޤަރާރެއް ނޫން"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ 

މެމްބަރުންގެ މެދުގައި ރިޔާސަތުން ތަފާތުކުރާ ވާހަކަ ދައްކަވަން ފެއްޓެވެމުން ރިޔާސަތުން ވަނީ ރޮޒައިނާއަށް ވާހަކަދެއްކެވުމަށް ދިން ފުރުސަތު ކުރުކޮށްލައްވާ، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ފުރުސަތު އަރުވާފަ އެވެ. 

އެކަމާއި ގުޅިގެން މިއަދުގެ ޖަލްސާވެސް ހޫނުވެގެން ދިޔައެވެ. 

މެމްބަރު ރޮޒައިނާގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ރިޔާސަތުން މެމްބަރުންގެ މެދުގައި ތަފާތުކުރަމުންދާކަން ފާހަގަކޮށް އިހުތިޖާޖުވެސް ކޮށްފައެވެ. 

އެކަމާއި ގުޅިގެން މަޖިލީސް ހަމަޔަކަށް އެޅުވުމަށް ޖަލްސާ މެދުކަނޑާލަން ވެސް ޖެހުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.