ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ--ފޮޓޯ/ވޮއިސް
ހަބަރު
24 May 2023 | 23:15
"ދި ޑިމޮކްރެޓްސް" ވާނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް: އީވާ

"ދި ޑިމޮކްރެޓްސް" ވާނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރުު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދި ޑިމޮކްރެޓްސް އުފައްދަން އީސީން ހުއްދަ ދިނުމަށްޓަކައި މިއަދު އީސީގައި ބޭއްވި ބާއްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ޕާޓީގެ ނަމާ ދޭތެރޭގައި ފުރުސަތު ހަނި ނުކޮށް ހުއްދަ ދިން ފަދައިން ޕާޓީގެ ކުލައާ ދޭތެރޭގައިވެސް ލުއިގޮތެއް ހައްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުއްރެއްވިއްޔާ އަޅުގަނޑުމެންގެ ޖަލްސާ ބާއްވާ، ކުލަޔަކާ ލޯގޯއަކާ ދިދަޔާ އެއްޗެހި ފާސް ކުރާނަން. ދެން ތިބޭފުޅުންވެސް ރަށުތެރޭގަ އުޅުއްވާ ބޭފުޅުން ވީމަ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކުލައެއް އެބަ ގާތްގަނޑަކަށް ހަމަ ނެޗުރަލީ އިވޯލްވެއްޖެ" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެހެން ޕާޓީއެއްގެ ކުލަޔަކަށް ނުވޭތޯ ވީހާވެސް ބޮޑަކަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ކުލައިގެ ޝޭޑްސް އީސީން އަށް ޖާގަ ދެއްވާނެ ކަމަށް ދެކިލައްވާ ކަމަށެވެ.

އެއް ޝޭޑެއް ނަމަވެސް ސީދާ އެހެން ޕާޓީއެއްގެ ކުލަޔަށް ނުވާނަމަ އެކަމަށް ފުރުސަތު ދެއްވުން އެދޭކަމަށް އީވާ ވިދާޅުވިއެވެ.

"މި ސިޔާސީ ޕާޓީ ވާނީ ދެން ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް. ދެން ބައެއް އެހެން ކުދިކުދި ޕާޓީއަށް އަދި ފަނޑުވަމުންވެސް ދާނެ. ޝޭޑެއް ކަނޑައަޅާއިރު ބަލާނަން އެހެން ޕާޓީއެއްގެ ސީދާ ޝޭޑަށް ނުވޭތޯ. ނަމަވެސް ގާތްކޮށްވެސް ދާނެ" އީވާ ވިދާޅުވިއެވެ.

"ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދެމުން އީސީން ބުނެފައި ވަނީ، ޕާޓީއަށް 3000 މެމްބަރުން ހަމަކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

އެއާއެކު މިހާރު އެ ޕާޓީން ދަނީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.