ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ/ މަޖްލިސް
ހަބަރު
24 May 2023 | 23:19
ރައީސް ޞާލިހަކީ މިވަގުތު ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް: ހަސަން ލަތީފް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ މިވަގުތު ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ފުޑް ސެކިއުރުޓީއާ ދޭތެރޭ މިވަގުތު ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށާއި އެޔާއެއްކު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްވެސް އިންތިހާއަށް ނުރައްކާތެރި ވެފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ މަޖީދީމަގުގެ މެދުގަ ރަމަޟާން މަހުގައި ބޮމެއް ގޮއްވާލިއިރު އެ ބޮން ގޮވުމުގެ ކުރިން އެ މައުލޫމާތު ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައި ވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ އިއްޒަތްތެރި ރައީސް، މިތަނުގަ 241 ކޮމިޓީން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގި އިންކުއަރީގަ ސާފުކޮށް އެބައޮތް އެނގެން، ކެނެރީގެ ހުންނަ ގޯޅީގާ ސައިކަލެއް ބަހައްޓާފާ އެ ސައިކަލުގަ ބޮމެއް ހަރުކޮށްފާ، ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގާ އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އިންކުއަރީއަށް" ހަސަން ލަތީފް ވިދާޅުވިއެވެ.

ނަމަވެސް ބޮން ގޮއްވުން ނުހުއްޓުނުކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އޭގެ ސަބަބަކަށް ދެއްކެވީ އެތަނުގައި ހުރި ސައިކަލުތަކެއް ސާފުކޮށް ނުލެވުން ކަމަށެވެ.

އެއީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އޭގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ޔާގޫތުގޭގައާއި މެރީބްރައުން ކައިރީ ވެސް ބޮމެއް ބާއްވައިގެން ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ލިބުނު އިރު މި ކަންކަމަކަށް އަޅާލާފައި ނުވާ ކަަމަށެވެ.

މިއީ ރައީސަށް ނޭނގި ހިނގާ ކަންކަން ކަމަށް ދެކެވަޑައިގަންނަން ދަތިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ފުޑް ސެކިއުރިޓީއަކީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ ރާއްޖޭގެ ރައްޔިތުންގެ ސެކިއުރުޓީއާ ދޭތެރޭ ވާހަކަ ދައްކަން ޖެހޭ ކަމަށާއި ރައީސް ޞާލިހަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮމެންޓް
ހަތަރު ކަށިމަތި
"މިވަގުތު ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް " ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އެބޭފުޅުންގެ ޙާލަކީ ކޮބާ؟ ހަތަރު ކަށިމަތި މާލެއަށް ނިސްބަތް ނުވާތީ ހިތުގަ އޮތް އެއްޗެއް ބޭރުކޮށްލަނީ ކަމަށް ވެދާނެ..
25 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ