ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު--
ހަބަރު
26 May 2023 | 18:53
ރައީސް ޞާލިހުގެ ސިޓީފުޅު އާއްމު ނުކުރިޔަސް މަޖިލީހާ ހިއްސާ ކުރަން އެބަޖެހޭ: ޝަހީދު

ފޯޅަވައްސަކީ މޮރިޝަސްއަށް ސިޔާދަތު ލިބިގެންދާ ތަނެއްކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އާއްމު ނުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެ ސިޓީފުޅު ހިއްސާކުރަން ޖެހޭނެ ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ މަޖިލީހާއި ހިއްސާކުރަންޖެހޭ ސަބަބުތައް ވަނީ ހާމަކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ، ރައީސް ޞާލިހުގެ އެ ސިޓީފުޅު މޮރިޝަސް ސަރުކާރުން ބޭރުގެ ބައެއް ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ސިޓީފުޅުގެ ވާހަކަ، އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން އިއްވި ހުކުމުގައިވެސް ބަޔާންކޮށްފައިވާ ކަން ޝަހީދު ފާހަގަކުރެއްވިއެވެ. 

ޝަހީދު އިތުރަށް ވިދާޅުވީ، މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅީ ސިޔާސީ އޮއިވަރެއްގައި ޖެހިގެން ކަމަށެވެ. އެހެންކަމުން އައިސީޖޭގެ ލަފާ ރާއްޖެއިން ބަލައިގަތުމަށް ނިންމުމަކީވެސް ސިޔާސީ މޮޅު އުކުޅަކަށްވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމަށްވުމުން އެ ސިޓީއަކީ ރާއްޖޭގެ ލިޓިގޭޝަން ސްޓްރެޓެޖީގެ ދަށުން ލީގަލް ޓީމުން ފޮނުވި ސިޓީއަކަށް ވާނަމަ އެއީ ރައީސް ޞާލިހް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެއްކަމަށް ބެލުމުގެ ޖާގަ އޮތްކަމަަށް ޝާހިދު ވިދާޅުވި އެވެ.

"އެސިޓީ ސިއްރުކުރެއްވުމަށް ބާރު އަޅުއްވާ ބޭފުޅުންނަށް އެ ކުރެއްވޭ ކަމަކީ ރައީސް ޞާލިހް އާއި ދެކޮޅަށް، އޮޅިގެން ނަމަވެސް ބައި ކޮޅަށް ގޯލެއް ޖެއްސެވުން" ޝަހީދު ވިދާޅުވިއެވެ. 

ޗާގޯސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށް އިދިކޮޅު ފަރާތްތަކާއި ކުރީގެ ބަންޑާރަ ނައިބުންނާއި ދިފާއީ ބާރުގައި މަސައްކަތްޕުޅު ކުރައްވާފައިވާ އެކިއެކި ފަރާތްތައްވެސް ދަނީ ބުނަމުންނެވެ.

މި މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރިގެ ޑީލެއް ހަދައިގެން ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުން ނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު ހާމަކުރައްވާފައި ނުވާކަމަށް ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަޖިލީސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އަދި ސަރުކާރުން އެ ސިޓީ ސިއްރުކުރުމަކީ ކަނޑުވިއްކާލީ ޑީލު ހަދައިގެން ކަމަށް ކުރެވޭ ތުހުމަތަށް ބާރުލިބޭކަމެއްކަމަށް އެ އިއްތިހާދުން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.