ގޭންގް ސްޓާރ -1-

31 May 2020 | 06:26

އިންސާނުން ދުނިޔެ ފޮނުއްވާފައިވަނީ ﷲ سبحانه و تعالى އަށް އަޅުކަންކުރުމަށްށެވެ. ހެޔޮ އަމަލްކޮއް އެކުގައި އުޅުމަށްށެވެ. ނަމަވެސް އިންސާނުން މިއަދުވަނީ އެކަން ހަނދާންނެތި ބައިބަޔަށް ބެހިފައެވެ. ގަދަރެއް ހަމްދަރުދީއެއްގެ ކަންފުޅެއްނެތް އިންސާނުން މިޒަމާނުގައި އެހާގިނައެވެ. ތިމާގެ އަޙާއަށް ގެއްލުމެއް ދޭކަށްވެސް ފަސްނުޖެހެއެވެ. މިކަން އިންސާނިއްޔަތު ފެށިގެން އައި އިރުވެސް ވަނީ ހިނގާފައެވެ.

އަހަރެންނަކީ ކުޑައިރުސުރެ މައިންބަފައިންގެ ލޯބިން މަހްރޫމްވެފައިވާ މީހެކެވެ. ގްރޭޑް ފަހަކުން ސްކޫލްނިންމާލީ ހުރިހާ އެއްޗަކުން އެފް ރިޕޯޓް ގެނެސްގެނެވެ. އެ ރިޕޯޓްއާމެދު އެއްވެސް ވަރަކަށް އަހަރެން ނުވިސްނަމެވެ. ސަބަބަކީ އަހަރެން ކިޔަވާހިތް ނުވާތީއެވެ. ނަމަވެސް އަހަރެންގެ ހަމަ އެކަނި އެކަމާމެދު އެއްޗެހި ކިޔަންވެސް ހުރީ ލޯބިވާ މާމަ އެކަންޏެވެ. މާމަ އަހަރެންނާ ދިމާލަށް ވަރަށް އެއްޗެހި ކިޔާލިއެވެ. ދުވަހަކުވެސް އަހަރެންނާ ދިމާލަށް އެއްޗެހި ނުކިޔާވަރަށް ކިޔާލުމުން އަހަރެން މާމައަށް އަހަރެންނަށް އެހީވާންހުރީ މާމަ އެކަނިކަން ހަނދާންކޮއްދިނީމެވެ، އަދި އަހަރެން ކިޔަވާ އެއްޗެއްސަކީ މާމައަށް ނަގައިގަނެ އުގަންނާދޭން އުނދަގޫ އެއްޗެއްކަންވެސް ހަނދާންކޮއްދިނީމެވެ. އެކަން ހަނދާންކޮއްދިނުމުން މާމަ ދެރަވިއެވެ. އަދި ފެންކަޅިވިއެވެ. ނަމަވެސް އަހަރެންނަށް ވަކި ދުލެއް ނުދިނެވެ. އަންނަ އަހަރު އެހެން ސްކޫލް އަކަށް ފޮނުވާނެ ވާހަކަ ބުނުމުން އަހަރެން ފޫހިވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ބޭރަށް ގޮސްލަނީޔޭ ކިޔާފައި އަވަހަށް ނުކުތީމެވެ. ނަމަވެސް ދާނީ ވަކި ކޮންތާކަށްހެއްޔެވެ.

ފޫހިވެގެން ގޭދޮށު އެނބުރިލާފައި އެކަނި ހިނގާލަން ދިޔައީމެވެ. އެކި ގޯޅި ގޯޅި އަޅަމުން މުޅި މާލޭގައި ހިނގަންފެށީމެވެ. ހިނގުމުގެތެރޭގައި އެކި ސަރަހައްދުތަކުގައި ހުރި ކުރެހުންތައް ފެނެއެވެ. ބައެއް ކުރެހުންތައް ވަނީ ލިޔުމާއެކުއެވެ. އެތަންތަނުގައި ގްރޫޕް ހަދައި ބޮޑެތި އަދި ކުޑަ ކުދިންވެސް ތިބެއެވެ. ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. އެމީހުންގެ އުޅުމާ އަޙްލާގް ދައްކަމެވެ. އަދި އެއީ އެމީހުންގެ ސަރަހައްދުކަން އެކުރެހުމުން އަންގައެވެ. އަހަރެން ހިނގަމުން ދަނިކޮއް މީހަކު އަހަރެން ފަހަނައަޅާ ބާެރަށް ދުވަމުން ދިޔައެވެ. އޭނާ ފަހަތުން ބަޔަކު ދުވެފައި އައިސް ހަމަކޮށް އަހަރެން ކުރިމަތީ އޭނާ ގައިގާ މުށުންނާ ފައިން ތަޅާ ހޭނެތޭވަރު ކޮއްލުމަށްފަހު އެމީހުން ދަމުން އަހަރެންނާ ހަމަވުމުން އަހަރެންނަށް ގަސްތުގައި އެމީހުންނާ ދިމާލަށް ބަލައިލެވުނެވެ. ބަލައިލެވުންކަން އެއީ އަހަންނަށް ކުރެވުން ކުށެއްކަން އެނގުނީ އެތަނުން އެކަކު އަހަރެންނާ ދިމާލަށް " ކަލޭ ކޯންޗެއް ތިބަލަނީ " ކިޔާފައި މުއްކަވާފައި އަހަރެންގެ އަނގަމަތީ ޖެހިޖެހީނުން ފަޅާލި ހިސާބުންނެވެ. އަހަރެންނަށް ރޮވިފައި ހުއްޓާ އެމީހުން އަނިޔާކޮއްފައިވާ މީހާ ފުންމައިގެން އައިސް އަހަރެން އަނގަމަތީޖެހި މީހާ ގައިގާ ތަޅާ ތިރިގަންނަވާލިއެވެ. އެޔަށްފަހު ދެންތިބި އެންމެނާ އޭނާ އެކަނި ކުރިމަތިލާ އެ އެންމެން ދުވެ ފިލާވަރަށް ހަމަލާދިނެވެ. އެމީހުން ދުވެ ފިލުމުން އެމީހާ އަހަރެން ކައިރިއަށް އައިސް އަގައިން ފައިބަމުން އައި ލޭތައް ފުހެދިނެވެ. އަދި ކަރުނަވެސް ފުހެ ދިނެވެ. އަހަރެންނަށް ކުރެވުނީ ދުވަހަކުވެސް ނުކުރެވޭފަދަ އިހުސާސެކެވެ. ބަފައެއްގެ ލޯބި ފުރުތަމަ ލިބުންފަދައެވެ. އެމީހާގެ އެ އޯގާތެރިކަމަށް ބަދަލްދޭން އަހަރެން ބޭނުންވިއެވެ. ފުރާނާންވިޔަސް ވަރިހަމައެވެ.

ކައިރި ފިހާރައަކުން އެމީހާ ގަނޑުފެންގަނެގެން އައިސް އަހަރެންގެ ދުޅަވެފައިވާ އަނގައިގާ ޖައްސާން ހުރުމަށް ބުނެލިއެވެ. އަހަރެން އެމީހާއަށް ރަނގަޅަށް ބަލާލީމެވެ. އެއީ ކަޅު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. އަހަރެންނަށް ނުހުރެވިގެން އަހާލީމެވެ. " ބޭބެއަށް ކިއަނީ ކޮންނަމެއްތަ؟ " އެމީހާ ހިނިތުން ވެލާފައި އަހަރެން ބޮޅުގައި އަތްބާއްވާލަމުން ބުނެލިއެވެ. " އަހަރެންނަށް މީހުން ކިޔާ އުޅެނީ ޗަކޯ "

ޗަކޯގެ ހިއްވަރުގަދަކަން ފެނި އަހަރެންވެސް ބޭނުންވީ އޭނާ ކަހަލަ މީހަކަށްވާށެވެ. ނަމަވެސް އޭނާ އަހަރެންނަށް ދިނީ އެންމެ ނަސޭހަތެކެވެ. އޭނާ އުޅޭ ދިރިއުޅުމަށް އަހަރެން ވަދެއްޖެނަމަ އަބަދުވެސް ޖެހޭނީ ފަހަތް ބަލަ ބަލަ ހުންނަންކަމެވެ. އެއަށްފަހު އޭނާ އަހަރެންގެ ހުރިހާ ވާހަކައެއް އެހިއެވެ. ދަށް ގްރޭޑަކުން ފެއިލްވިކަން އެނގުމުން އޭނާ ދިނީ އަހަރެންނަށް ފުރުސަތެކެވެ. ކިޔަވާ މޮޅުކުއްޖަކަށްވެގެން އޭނާ ހޯދަން އައުމަށްށެވެ. އެއިރަށް އޭނާ ދެފުރުސަތެއް ދައްކާނެކަމަށް ވައުދުވިއެވެ. އެއީ އަހަރެންގެ އަތްމަތީ އޮތް ކަމެއްކަން އޭނާ ބުނިއެވެ. އެދުވަހަކުން އަހަރެން ރަނގަޅަށް ވިސްނުމަށްފަހު ގޮތެއް ނިންމަންޖެހޭނެކަމަށް ބުނިއެވެ.

- ނުނިމޭ -

Advertisement

ކޮމެންޓް