ބިއޯންޑްގެ ފްލައިޓެއް
ހަބަރު
28 May 2023 | 12:51
ގައުމީ އެއާލައިންގެ ދަރަޖަ ދީފައިވާ ކަމަށް އޮޅިގެން ބުނެވުމުން 'ބިއޯންޑް' އިން މާފަށް އެދިއްޖެ

ރާއްޖޭގައި އަލަށް ފަށަން މަސައްކަތްކުރާ އެއާލައިން، 'ބިއޯންޑް' ގެ ސީއީއޯ ޓޭރޯ ޓަސްކިލާ، އެ އެއާލައިންއަށް ގައުމީ އެއާލައިންގެ ދަރަޖަ ދީފައިވާ ކަމަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ބުނެ މައާފަށް އެދިއްޖެއެވެ.

ޓަސްކިލާއަށް މިހެން އޮޅިގެން ވިދާޅުވެވުނީ ސީއެންއެންގެ ވިޔަފާރި ޝޯ، 'ކުއެސްޓް މީންސް ބިޒްނަސް'އަށް މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން ޓަސްކިލާ ވިދާޅުވީ ބިއޯންޑަކީ ގައުމީ އެއާލައިނެއްގެ ދަރަޖަ ރާއްޖެއިން ދީފައިވާ އެއާލައިނަކަށް ވާތީ 80 ގައުމަކާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކުން ލިބޭ ލުއިތަކާއި އިސްތިސްނާތައް އެ އެއާލައިނަށް ލިބޭނެ ކަމަށެވެ.

އެހެންނަމަވެސް ދިވެހި ސަރުކާރުގައި މިހާރު ގައުމީ އެއާލައިންގެ ދަރަޖަ ދީފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ހިންގާ މޯލްޑިވިއަންއަށެވެ. އިތުރު އެއާލައިން އަކަށް މި ދަރަޖަ ދީފައިވާ ކަމަށް ނުވަތަ ދިނުމަށް މަޝްވަރާ ކޮފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން މިފަދައިން ބުނެ ސީއީއޯ ބޭނުންކުރައްވާފައިވާ ލަފްޒުތަކަކީ ބަހުގެ މާނައިގެ ގޮތުން ސައްހަ ނޫން ލަފްޒުތަކެއް ކަމަށް ބުނެ 'ބިއޯންޑް' އިން ވަނީ މިއަދު މައާފަށް އެދިފައެވެ.

އެގޮތުން މިކަމާއި ގުޅިގެން އެއާލައިންގެ އިންސްޓަގްރާމްއަށް ލާފައިވާ ބަޔާނެއްގައި މައާފަށް އެދި ބުނެފައިވަނީ މި ދަރަަޖަ ރާއްޖޭގައި ދެވިފައިވަނީ މޯލްޑިވިއަން އަށް ކަމަށާއި ބިއޯންޑަށް މި ދަރަޖަ ދީފައިނުވާ ކަމަށެވެ. އަދި މި ދަރަޖަ އެ އެ އެއާލައިންއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް ކަމާބެހޭ ފަރާތްތަކާއި ކޮށްފައިނުވާ ކަމަށެވެ.

މިއާއިއެކު އެ އެއާލައިންގެ އުންމީދަކީ ދިވެހިރާއްޖޭގެ ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތާއި، ކަމާބެހޭ ވުޒާރާތަކާއި، ރާއްޖޭގެ ހުރިހާ އެއާލައިންތަކަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށް ބިއޯންޑް އިން ވަނީ ބުނެފައެވެ.

ބިއޯންޑް އެއާލައިންއަކީ ރާއްޖޭގައި ސެޕްޓެމްބަރު މަހު ދަތުރުތައް ފެށުމަށް މަސައްކަތް ކުރާ އެންމެ މަތީ ފެންވަރުގެ އެއާލައިންއެކެވެ.

މި އެއާލައިންގެ ދަތުރުތަކުގައި އޭ-320 މަރުކާގެ ބޯޓުތައް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބޯޓުގައި ހިމެނޭނީ މުޅިން ވެސް މަތީ ފަންތީގެ 44 ގޮނޑިއެވެ.

މިއާއިއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފްލީޓު ބޮޑުކޮށް، ދަތުރުކުރާ މަންޒިލްތައް އިތުރުކުރާނެ ކަމަށް އެއާލައިން މައުލޫމާތު ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.