އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއިކޮށް ފޯމު ރައީސް ޞާލިހާއި ހަވާލުކުރަނީ-- ފޮޓޯ/ ހަތާވީސް
ހަބަރު
28 May 2023 | 14:39
މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ސަރުކާރާ އެއްކޮޅަށް މެންބަރުން ވަކާލާތުކުރުން މުހިންމު: ރައީސް ޞާލިހު

މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި ގަރާރުތަކުގައި ސަރުކާރަށް ތާއީދުކޮށް މެންބަރުން ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ސަރުކާރު ހިންގާ ފަރާތަށް ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"ގާނޫނު އަސާސީ މިއަދު އެކުލަވައިލެވިފައި އޮތް ގޮތުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތަކީ، ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ކަމެއް. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރާއި، އަދި ސަރުކާރުން ކުރަންޖެހޭ ކަންތައްތަކާ، ބަޖެޓް ފާސްކުރުމާ، އެ ހުށަހެޅޭ ކުއްލި މައްސަލަތަކާއި، ގަރާރުތަކާއި، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަޖިލީހުގައި ވަކާލާތު ކުރުމަކީ ބޭނުންތެރި ކަމެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ވިދާޅުވީ އެމްޑީޕީ އަށް ސޮއި ކުރެއްވުމުގެ ކުރީގައިވެސް، ޖޭފޯ އަކީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެއްވި ބޭފުޅެއް ކަމަށެވެ. އަދި ކުރިންވެސް ޖޭފޯ ހުންނެވީ އެމްޑީޕީ އަށް ސޮއި ކުރުމަށް ތައްޔާރަށް ކަމަށާއި އެކަން އޭރު ނުކުރީ އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް އެމްޑީޕީ އަށް ނުފެންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންނަމަވެސް މިއަދު މިއީ ޕާޓީއާ އެކީގައި ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަންވީ ވަގުތުކަން. އެވަގުތުގައި އެ ނިންމެވުން ޖޭފޯ ނިންމެވިކަން އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް އިހުލާސްތެރިކަމާއެކުގައި ޝުކުރު އަދާކުރަން،” ރައީސް ވިދާޅުވިއެވެ.

ޖޭޕޯ އެމްޑީޕީއަށް ސޮއި ކުރުމާއިއެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 56 އެވެ.

މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ލިބުމުން ސަރުކާރުން ބޭނުން ގޮތަކަށް ކަންތައްތައްކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާ ކަމަށް އިދިކޮޅުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.