ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ/ ފޮޓޯ: މަޖިލިސް
ހަބަރު
29 May 2023 | 10:28
"ޗޯރު އިބުރޭ" ކިޔަން ބޭނުން މީހާއަށް އެހެން ކިޔެން ޖެހޭ: އީވާ

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފާޑުކިޔަން ބޭނުންވާ މީހާއަށް، ނުވަތަ ވަނަމުން ގޮވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

އީވާ މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ "ކަނޑު ފޭރޭ ޗޯރު" ކަމަށް ސިފަކޮށް ޗެނަލް-13 އިން ގެނެސްދިން ގެނެސްދިން 3 ލަވައެއްގެ މައްސަލަ ބަލަންފަށާ، ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމާއި ގުޅިގެން، އެއީ މީޑިއާއަށް ބިރުދެއްކުމުގެ އަމަލެއްކަމަށް ސިފަކުރައްވާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން ނުރުހުން ފާޅުކުރައްވާ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

"ޗޯރު އިބުރޭ. މިހެން ގޮވާލީއޭ ކިޔާފައި ބޮޑުސިންގާ ޓީވީ ޗެނަލެއް ސެންސަރުކުރަނީ"

އީވާ އަބްދުالله

އީވާ ވިދާޅުވީ އިދިކޮޅުގައި އޮންނަ މީޑިއާތަކުގެ އެންމެ ބޮޑު އަސާސަކީ ފާޑުކިޔުންކަމަށެވެ. 

ޚުދު އެމްޑީޕީއަކީ އިދިކޮޅުގައި އޮތްއިރު ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ވަނަން ކިޔައި، ލަވަހަދައިގެން ސިޔާސީ މަސައްކަތްތައް ކުރިކަމުގެ ތާރީޚު އޮތް ބައެއްކަން އީވާ ވަނީ ހަނދާންކޮށްދެއްވާފަ އެވެ. 

"އަޅުގަނޑުމެންނަކީ މިތާގައި އަގުލަބިއްޔަތު ލިބިގެންވާ އެމްޑީޕީއާއި އަދި އަޅުގަނޑުމެން މިވަގުތު އެމްޑީޕީއާއި ދުރުވެފައި ތިބި އެންމެންނަކީ 30 އަހަރުގެ ވެރިކަމެއް ބޮޑެސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް ގޮޅާބޯ ގޮޅާބޯ ގޮޅާބޯ ކީ ކީނުން ގޮސް އޮފުކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް"

އީވާ އަބްދުالله 

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމުން، ދެން ވެރިކަމާއި ހަވާލުވި ޑރ މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމަށް ފާޑުކިޔުމަށް "އެބޭސިޑިން ވެއްޓިދާނެ" ލަވަހަދައިގެން ކިޔާފައިވާ ކަމަށާއި، އެފަހުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް އެމަނިކުފާނަށް ނިސްބަތްކޮށް ތަފާތު ވާހަކަތައް ދައްކާފައިވާ ކަމަށާއި، އޭރު އެފަދައިން އެއްޗެހި ކިޔުމަށް ފުރުސަތު އޮތްކަން އީވާ ފާހަގަކުރެއްވި އެވެ. 

އީވާ ވިދާޅުވީ، ލަވަހަދައިގެން ކިޔުމާއި، ވަނަން ކިޔުމަކީ ސިޔާސީ އުކުޅެއްކަމަށެވެ. އެހެންކަމުން، ރައީސް ޞާލިހަށް ފާޑުކިޔާ ފަރާތްތަކުން އެ މޭރުމުން އަމަލުކުރަން ބޭނުންވާނަމަ އެ ފުރުސަތު އޮންނަންވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ޗެނަލް-13 އެއް އަޅުގަނޑެއް ނުބަލަން. އަޅުގަނޑަކަށް ބަލާކަށް ނުކެރޭ، އޭގަ ދައްކާ ވާހަކަތަކަކަށް އަޅުގަނޑު އެއްބަހެއް ނޫން. އެކަމަކު ޗޯރު އިބުރޭ ޗޯރު އިބުރޭ، ޗޯރު އިބުރޭ އެމީހުން ގޮވަން ބޭނުމިއްޔާ އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް"

އީވާ އަބްދުالله

އީވާ ވިދާޅުވީ ރައީސަށް ފާޑުކިޔާ ހަދާފައިވާ ލަވައެއް ދައްކާތީ ޗެނަލް ސެންސަރުކޮށް، މަޖިލީހުގައި ރައީސަށް ފާޑުކިޔާތީ ދައުލަތުގެ މީޑިއާއިން މަޖިލިސް ލައިވްކުރުން ހުއްޓާލުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ސޮއްސާލުން ކަމަށެވެ. 

ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ މުހިންމު އެއް ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެ ހައްގު ގެއްލޭގޮތަށް ނުވަތަ އުނިވާގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.