މެމްބަރު އަސްލަމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
29 May 2023 | 11:36
އަބުރު ކަތިލުމަކީ ސިޔާސީ އުކުޅެއް ކަމަކަށް ނުދެކެން: އަސްލަމް

މީހުންގެ އަބުރު ކަތިލާ، މީހުންނަށް ވަނަން ކިޔުމަކީ ސިޔާސީ ގޮތުން ބޭނުންކުރާ އުކުޅެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނާއި ގުޅުވާ ލަވަތައް ހަދާ، ނުވަތަ ނަންތައް ދީގެން ސިޔާސީ ހަރަކާތްތައް ހިންގަމުން ދިޔަގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ކަނޑު ފޭރޭ ޗޯރު" ނުވަރަ "ޗޯރު އިބުރޭ" ކިޔުމަކީ މައްސަލައެއް ނޫންކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީއިން ވަކިވެ ވަޑައިގެންނެވި މެމްބަރުން މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ނެވެ. 

އެ ބަހުސް މަޖިލީހުގައި ފެށިގެން ދިޔައީ ރައީސުލްޖުމްޙޫރިއްޔާ އަކީ "ޗޯރު އިބުރޭ" ކަމަށް ސިފަކޮށް ޗެނަލް-13 އިން ގެނެސްދިން ކޮންޓެންޓާއި ގުޅޭ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފެށުމަކީ އެ ކޮމިޝަން މެދުވެރިކޮށް މީޑިއާއަށް ބިރުދެއްކުމުގެ އަމަލެއްކަން ފާހަގަކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެންނެވެ. 

މަޖިލީހުގެ ރިއީސް މުޙައްމަދު ނަޝީދު އަދި ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވަނީ ޚުދު އެމްޑީޕީއިން އިދިކޮޅުގައި އޮތްއިރު އޭރު ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ހެދި ނަންތަކާއި އެ ފަރާތްތަކަށް ނިސްބަތްކޮށް ހެދި ލަވަތަކުގެ ހަނދާން އާކުރައްވާފަ އެވެ.

އަދި މެމްބަރު އީވާ ވިދާޅުވީ އިދިކޮޅުގައި އޮންނަ އިރު ވެރިކަމުގައި ތިބޭ ފަރާތްތަކަށް އެފަދައިން ނަން ކިޔާ ލަވަތައް ހެދުމަކީ ސިޔާސީގޮތުން ގެންގުޅޭ އުކުޅެއް ކަމަށެވެ. 

އެހެންކަމުން، އެފަދައިން ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަމަށް އީވާ ވިދާޅުވި އެވެ.

އެ ވާހަކަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ އަބުރު ކަތިލުމާއި ދޮގު މަޢުލޫމާތު ފެތުރުމަކީ މީޑިއާގެ މިނިވަންކަމެއް ނޫން ކަމަށެވެ. އަދި މީހުންގެ އަބުރު ކަތިލާ، މީހުންނާއި ދޭތެރޭ ނަފްރަތު އުފެދޭ ޒާތުގެ ކަންކަން ކުރުމަކީ ސިޔާސީ އުކުޅެއްކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. 

"ދެކެވެމުން މިދާ ވާހަކައަކީ ހިތު ހުރި އެއްޗެއް ގޮވަންވީ އޭ! ނޫން! ކޮންމެ މީހެއްގެ ވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއްކަމުގައި އަޅުގަނޑު ނުދެކެން" 

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް 

ޗެނަލް-13 އަށް ފިޔަވަޅު އަޅައިގެން މަޖިލީހަށް ހުށައެޅީ ކުއްލި މައްސަލައެއްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި، މަޖިލީހުގެ ރިޔާސަތުން ވޯޓަށް އެހުމުން އެ މައްސަލަ ބޭރުކޮށްލަން ވޯޓު ނުދީ އެ ސަބަބާއި ހުރެކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

އެއާއެކު އަސްލަމް ވިދާޅުވީ މި ސަރުކާރުން މީޑިއާގެ ޒިންމާތަކަށް ހުރަސްއަޅަމުން ނުދާކަމަށެވެ. 

އެހެން ނަމަވެސް މީޑިއާގެ ނަހަަމަ ބޭނުންކޮށް، މީހުންގެ އަބުރު ކަތިލާ ފިތުނަ އުފެއްދުމަކީ ޖާގަދެވިގެންދާނެ ކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.