އާލިއާ ބަޓް އަކީ ކަރަން ޖޯހަރުގެ ޕަޕެޓެއް- ކަންގްނާ

08 Feb 2019 | 18:19

އާލިއާ ބަޓްއަކީ ކަރަން ޖޯހަރުގެ ޕަޕެޓެއްކަމަށް ކަންގްނާ ރަނައުޓް ބުނެފިއެވެ.

ކަންގްނާގެ އެންމެ ފަހުން ރިލީޒްވި ފިލްމު މަނިކަރްނިކާ ރިލީޒް ވުމުގެ ކުރިން ފެށިގެންވެސް ކަންގްނާ ދިޔައީ އެކިގޮތް ގޮތަށް ބޮލީވުޑުގެ ސަމާލުކަން ހޯދަމުންނެވެ. އެގޮތުން ނޫސްތަކުގެ ފަލަ ސްރުޚީތަކުން އޭނަގެ ނަން ފާއިތުވި ދުވަސް ތަކުގައި ފޮހެވިގެން ނުދެއެވެ. އޭނާއަކީ އޭނާ ބުނަން ބޭނުންވާ އެއްޗެއް ކޮންމެ މީހަކާއި ދިމާލަށް ވިޔަސް ބުނެލާ ތަރިއެކެވެ. އެގޮތުން މިފަހަރު އާލިއާ ބަޓްއެވެ. އެގޮތުން ކަންގްނާ ބުނެފައިވަނީ އާލިއާ ބަޓްފަދަ ތަރިން އެމީހުންގެ ފިލްމުތައް ރިލީޒްވާއިރު އޭނާއަށް ގުޅާ އެފިލްމު ޕްރޮމޯޓްކޮށްދޭން ބުނާކަމަށެވެ. އަދި އޭނާކޮށްދީފައިވާނެ ކަމަށްވެސް ކަންގްނާ ބުނެފައިވެއެވެ. ކަންގްނާ އެހެން ބުނެފައިވަނީ ދާދިފަހުން ނިކުތް ކަންގްނާގެ ފިލްމު މަނީކަރްނިކާއަށް އާލިއާ ތައުރީފުކޮށްފައި ނުވާތީއެވެ.

އެކަމާއި ގުޅިގެން މީޑީއާއިން ސުވާލު ކުރުމުން އާލިއާ ބުނެފައިވަނީ ގަސްތުގައި ކަންގްނާ ހިތްހަމަ ނުޖެހޭގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އަދި ކަންގްނާގެ އަރިހުން މާފަށް އެދޭނެ ކަމަށްވެސް އާލިއާ ބުނެފައިވެއެވެ.

ކަންގްނާ ބުނެފައިވަނީ އާލިއާގެ އަމިއްލައަށް ބަސް ބުނުމުގެ ހިތްވަރެއް ނެތްކަމަށާއި، އަދި އާލިއާ ފާހަގަވެފައިވަނީ ކަރަން ޖޯހަރުގެ ޕަޕެޓެއްގެ ގޮތުގައި ކަމަށްވެސް ކަންގްނާ ބުނެފައިވެއެވެ. އަދި އާލިއާ އަމިއްލަ އަށް އޭނާއަކީ ކާމިޔާބް މީހެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށްވެސް ކަންގްނާ ވަނީ ބުނެފައެވެ. އާލިއާ އަމިއްލަ އަށް އަޑުނުއުފުލާ ހަމައެކަނި ލާރި ހޯދަން މަސައްކަތް ކުރާ ކަމުގައި ވާނަމަ އާލިއާގެ ކާމިޔާބީގެ އެއްވެސް އަގެއް ނެތްކަމަށް ވެސް ކަންގްނާ ބުނެފައިވެއެވެ

Advertisement

ކޮމެންޓް